ކުރިއަށް އޮތް 3 ދުވަހު ވެސް ވިއްސާރަ؛ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ

ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) މިއަދު ބުނެފި އެވެ.
ވީ ކިިހިނެއް؟ - ހުޅަނގުގެ މި ވިއްސާރައިގައި އިއްޔެ ވެސް ބައެއް ރަށްތަކަށް ކެރި އައެވެ. އެކަމަކު ބޯކޮށް ވާރޭ ވެހެން ފެށީ މިއަދެވެ.
ތަފްސީލް - މެޓު އޮފީހުން ބުނި ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ އެވެ. އެގޮތުން:
ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ
ތިން ދުވަސް ފަހުން ވެސް، ބުދަ އަދި ބުރާސްފަތީގައި ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެ
ކުރިއަށް އޮތް ތިން ދުވަހު ވެސް، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ؛ އެގޮތުން އާއްމު ގޮތެއްގައި 10-20 މޭލަށް ވައި ޖެހޭނެ އަދި ވިލާގަނޑުގައި 40 މޭލަށް ގަދަވާނެ
އެނގުން މުހިއްމު - މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ނަމަވެސް، ރާއްޖޭގެ ވަށައިގެން އޮތީ އެކި ވަރުގެ ކޮޅިގަނޑުތަކެވެ. އެގޮތުން، ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑާއި ސްރީ ލަންކާ ކައިރީގައި ވެސް އެކި ކަހަލަ ކޮޅިގަނޑުތަކާއި ތޫފާންތައް އުފެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ