ކޮޕް30ގެ އެއްބަސްވުން: ވިހަ ގޭސް ނައްތާލުން ނުހިމެނޭ

ބްރެޒިލްގައި ބޭއްވި އދ ގެ މޫސުމާ ބެހޭ ބައްދަލުވުން (ކޮޕް30) ގައި މޫސުމީ ގޮތުން އަންނަ ބަދަލުތައް ހައްލު ކުރުމަށް އަމާޒުކޮށް އެއްބަސްވުމަކަށް ދިޔަ ނަމަވެސް، މޫސުމަށް އަންނަ ބަދަލުތައް އައުމަށް މެދުވެރިވާ ވިހަ ގޭސް ނުވަތަ ފޮސިލް ފިއުލްތައް ނައްތާލުމާމެދު ޚިޔާލު ތަފާތުވުން އުފެދި އެކަން އެއްބަސްވުމުގައި ނުހިމަނާ ބައްދަލުވުން ނިންމާލައިފިއެވެ. މި މަހުގެ 10 ވަނަ ދުވަހު، ބްރެޒިލްގެ ބެލެމްގައި ފެށި ބައްދަލުވުން، ހުކުރު ދުވަހުގެ ހަވީރު ނިންމަން ހަމަޖެހިފައި އޮތް ނަމަވެސް، ރޭގަނޑާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްގެން ވެސް ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ލިބޭ ގޮތެއް ނުވިއެވެ. ކޮޕް30 ގެ މަޝްވަރާތައް ގާތްގަނޑަކަށް 24 ގަޑިއިރު ވަންދެން ކުރިއަށް ދިޔައިރު، ރޭގަނޑުވެސް ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި. ފޮޓޯ/ޔޫއެންއެފްސީސީސީ އެކަމުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވުން އުފެދުނީ ޖައްވަށް ވިހަ ގޭސް އެންމެ ބޮޑަށް ދޫކުރާ ތެޔޮ އެންދުމާ ގުޅޭގޮތުންނެވެ. އެގޮތުން، ސާފުނުކުރާ ތެޔޮ ނޫން ގޮތަކުން ހަކަތަ އުފެއްދުމަށް އީޔޫން ބާރުއަޅާއިރު، ތެލާއި ގޭސް އުފައްދާ ގިނަ ގައުމުތަކުން އެކަން ކޮޕް-30ގެ ނިންމުންތަކުގެ ތެރޭގައި ހިމަނަން ދެކޮޅެވެ. ކޮޕް30 އެއްބަސްވުމުގައި ވެސް ގަސްތައް ކެނޑުން ހުއްޓުވައި އެމެޒޯން ރެއިންފޮރެސްޓް ހިމާޔަތް ކުރުމަށްވެސް މާބޮޑު އާ ކަމެއް ހިމަނާފައެއް ނުވެއެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް އެހީވުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދޭ ފައިސާގެ އަދަދު އިތުރުކުރުމަށް މުއްސަނދި ގައުމުތަކަށް ގޮވާލުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ވިޔަފާރީގެ ހުރަސްތައް ވަޒަންކުރުމަށްވެސް އެ އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ. ކޮޕް30 ގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި 1.5 ސެލްސިއަސް އަށް ދުނިޔެ ހޫނުވާނެ ކަމަށް އދ ން މިދިޔަ މަހު އިންޒާރު ދީފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ