އެއްތަނަކުން ފާޚަނާ ސާމާނު ލިބޭހެން، ސޮނީ ހާޑްވެއާ ކުޑައިގެ ދަށަށް "ސޮނީ ހޯމް ސެނިޓަރީ ވެއާ" އިތުރުކޮށްފި
ސޮނީ ހާޑްވެއާގެ ކުޑައިގެ ދަށަށް ފާޚާނާއާ ތަށިމުށްޓަށް ޚާއްސަ އައު "ސޮނީ ހޯމް ސެނިޓަރީ ވެެއާ" ޝޯ ރޫމް އިތުރުކޮށްފިއެވެ. ސޮނީ ހޯމްއިން ބުނީ މި ޝޯ ރޫމް ހުޅުވުމުގެ މައިގަނޑު ބޭނުމަކީ ކަސްޓަމަރުންނަށް އިތުރަށް ފަސޭހަކުރުން ކަމަށެެވެ. އެގޮތުން، މި ޝޯރޫމްގެ ސަބަބުން ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ޓައިލިންއާއި ފާޚާނާ ސާމާނު, އެއް ފުރާޅެއްގެ ދަށުން ބަލާލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސޮނީއިން ބުންޏެވެ. އަދި އިތުބާރު ހުރި ފެންވަރު ރަނގަޅު ބްރޭންޑްތަކުގެ އުފެއްދުންތައް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ސޮނީއިން ބުންޏެވެ. ހަމައެއާއެކު ފަސޭހަކަމާއެކު ގޭތެރޭގެ މާހައުލެއް އުފެއްދުމަށް ހުރި އެންމެ ރަނގަޅު އިޚްތިޔާރުތަކާ ގުޅޭގޮތުން ސޮނީގެ ތަޖުރިބާކާރުންގެ ލަފާ ހޯދުމުގެ ފުރުސަތު ވެސް މި ޝޯރޫމުން ފަހިވެގެންދާނެ ކަމަށް ސޮނީއިން ބުންޏެވެ. މި ޝޯރޫމް ހުޅުވުމުގެ އިތުރު މަގްސަދެއް ވެސް ސޮނީއިން ފާހަގަކޮށްފައިވެއެވެ. އެއީ ލޯކަލް ޕްރޮޖެކްޓްތަކަށް އެހީތެރިވުމެވެ. އިތުބާރުހުރި، ޕްރީމިއަމް ސާމާނު ފޯރުކޮށްދީގެން، ރާއްޖޭގެ ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން އަދި ރިނޮވޭޝަން ދާއިރާއަށް ސޮނީއިން ދޭ އަހައްމިއްޔަތުކަން ހަރުދަނާކުރުމަކީ އެ ކުންފުނީގެ އެއް އަމާޒު ކަމަށް ސޮނީއިން ބުންޏެވެ. މީގެ އިތުރުން ވެސް، މި ޝޯރޫމުން އެކިއެކި ބާވަތުގެ ސާމާނުތައް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އެކި ބްރޭންޑްތަކުގެ ޓައިލްސް ހިމެނެއެވެ. ކްލާސިކް، ސެރަމިކް، ޕޯސިލިއަން، އަދި ޑެކަރޭޓިވް ބްރޭންޑްތަކުގެ ޒަމާނީ، އިތުބާހުރި އިޚްތިޔާރުތައް ސޮނީއިން އެތެރެކުރާ ޓައިލްސްތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ފާޚާނާގެ ޑިޒައިންގެ ފެންވަރު މަތިކުރުމަށް ސްޓައިލިޝް އަދި ގިނަ ދުވަހަށް ބޭނުންކުރެވޭ ބާތު ޓަބް، ސިންކު، ފޯސެޓް، އަދި އެހެނިހެން އެކްސެސަރީޒް މި ޝޯރޫމުން ބެލެން ހުންނާނެ ކަމަށް ބުންޏެވެ. މިއިން ކޮންމެ އުފެއްދުމެއް ވެސް ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެކަން ސޮނީއިން ފާހަގަކޮށްފައިވެއެވެ. އަދި ހަންސްގްރޯހް، ރޯކާ، ގެބަރިޓް، އެމްއެމްއެލް ފަދަ ބްރޭންޑްތައް ސޮނީ ހޯމް އިން ލިބެން ހުންނާނެއެވެ. ކަސްޓަމަރުން ސޮނީ ހޯމްއަށް ޒިޔާރަތް ކުރަންވީ އެއް ސަބަބަކީ އެންމެ ފަހުގެ ޑިޒައިންތަކާއި ޓްރެންޑްތަކުގެ ޓައިލްސް އަދި ފާޚާނާ ސާމާނު ލިބެން ހުރުމުންނެވެ. އަދި ފެންވަރު ރަނގަޅު އުފެއްދުންތަކުގެ ރީތިކަމާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އިތުބާރު ހުރި އޮރިޖިނަލް ބްރޭންޑުތަކުގެ އުފެއްދުންތައް އެތަނުން ލިބެން ހުރުމުންނެވެ. ހަމައެއާއެކު މުޅި އަހަރު ދުވަހު ފޯރިގަދަ ޑީލްތަކާއި ޑިސްކައުންޓްތައް ލިބެން ހުންނާނެއެވެ. ވަކިން ޚާއްސަކޮށް ކަސްޓަމަރުން ގެއަށް ނުވަތަ ޕްރޮޖެކްޓަށް ބޭނުންވާ އެކަށޭނަ ސާމާނު ހޯދައިދިނުމަށް ސޮނީ ހޯމްގެ ތަޖުރިބާކާރު ޓީމުގެ ލަފާ ވެސް ލިބޭނެއެވެ. އަދި ހުރިހާ ބަޖެޓަކަށް ވެސް ފެތޭނެ ގޮތަށް އަގުތައް ފަރުމާކޮށްފައިވާނެ ކަމަށް ސޮނީއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ