6 ފޫޓުގެ ކިނބުލެއް ހިފައިފި؛ ރާއްޖެއަށް ނާދެވޭ ގޮތަށް ދޫކޮށްލަނީ

ކ. ގުރައިދޫ ކައިރިން 6 ފޫޓުގެ ކިނބުލެއް ހިފައި, ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްްފި އެވެ.
ތަފްސީލު - އެ ކިނބޫ ހިފީ ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން، 'ރަންމުތް' ކިޔާ ދޯންޏަކުންނެވެ.
އެމްއެންޑީއެފްއިން ބުނީ އެ ކިނބޫ މިހާރު އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ ކިނބުލަށް "ރާއްޖެއަށް ނާދެވޭ ގޮތަށް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް" ސިފައިން އަންނަނީ ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ކަމެއް - ކިނބުލަކީ ރާއްޖޭގައި އާންމުކޮށް އުޅޭ އެއްޗެއް ނޫނެވެ. ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖޭގެ ސަރަހައްދަށް ކިނބޫ ވަދެ އުޅޭތަން ފެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ