ޒަކާތު ޤާނޫނާއި ގުޅޭ ގޮތުން ކަމާއި ބެހޭ މުއައްސަސާތަކާއި މަޝްވަރާކޮށްފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވި ޒަކާތު ޤާނޫނު ތަންފީޒު ކުރުމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ކަމާއި ބެހޭ އިދާރާތަކާއި ބައްދަލުކުރައްވައިފިއެވެ.
މިގޮތުން ވަޒީރު ބައްދަލުކުރައްވާފައިވަނީ މޯލްޑިވްސް އިންލެންޑް ވެނިއު އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ފިނޭންސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއެވެ.
މި ބައަދަލުކުރެއްވުން ތަކުގައި ވުޒާރާގެ އިސްވެރިންނާއި އެ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި މި ޤާަނޫނޫ ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ