ގުރައިދޫ ފަޅުތެރެއިން މިއަދު ހިފި ކިނބޫ، ދޫކޮށްލުމަށް އެމްއެންޑީއެފުން ނިންމައިފިއެވެ.
ކ. ގުރައިދޫގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 1.5 ނޯޓިކަލް މޭލު ބޭރުން، ރަންމުތް ކިޔާ ދޯންޏަކުން ވަނީ ކިނބުލެއް ހިފާފައެވެ. މި ކިނބޫގައި 6 ފޫޓު ހުންނާނޭކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ދައުލަތުގެ މީޑިއާ އާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވަނީ އެ ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، ރާއްޖެ ނޭދެވޭ ގޮތަށް ދޫކޮށްލުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ކިނބޫ ދޫކޮށްލާނީ ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ބޭރަށްކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެ ކުރިންވެސް އެކި ފަހަރުމަތިން ރާއްޖެ ސަރަހައްދުން ކިނބޫ ފެނިފައި ވެއެވެ. ކިނބުލަކީ ރާއްޖޭގައި އުޅޭ އެއްޗަކަށް ނުވިނަމަވެސް ރާއްޖޭގެ ރަށްރަށުން ދޭތެރެއަކުން ކިނބޫ ފެނެއެވެ. އެގޮތުން މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި މާލެ އަތޮޅު ރިސޯޓެއްކަމަށްވާ ވަރު - ބައި އެޓްމޮސްފިއާ ރިސޯޓު ވޯޓާ ވިލާ ކައިރިން ވަނީ ކިނބުލެއް ފެނިފައެވެ.
ގުރައިދޫ ފަޅުން ހިފި ކިނބޫ، ދޫކޮށްލާނީ ރާއްޖެ ނާދެވޭގޮތަށް: އެމްއެންޑީއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ