ސުއިޒާ
އެތައް ކަމެއް ބަދަލު ކޮށްލެވޭ ފަދަ ކަމެއް ޑޮކްޓަރަކު މިވަނީ ހާމަކޮށްދެއްވާފައެވެ. ތިބާ އަށް މިކަން އެނގުމަށްފަހު ތިބާގެ ސިއްޙަތާމެދު ކުރިން ދެކެމުން އައި ގޮތް ބަދަލުވާނެއެވެ.
"ދޮންކެޔޮވަކުގެ ތޮއްޓާއި ފޮނިތޮށި އެއްކޮށްލާށެވެ." މިހެން ބުނުމުން ވަރަށް އާދައިގެ ކުޑަ ކަމެއްހެން ހީވޭ އެހެންނޫންތޯ؟ އެހެނަސް މި ގުދުރަތީ މާއްދާތައް އެއްކޮށްލުމުން އޭގެން ލިބިދޭ ބާރަކީ މީގެ ކުރިން ދުވަހަކުވެސް އޭގެ ވާހަކަ ބަޔަކު ދައްކާފައި ނުވާ ބާރެކެވެ. މިކަން މިހެން މިވަނީ ސަބަބެއް ނެތިއެއް ނޫނެވެ.
ބޭސް އުފައްދާ ކުންފުނިތަކުން، މިފަދަ މައުލޫމާތުތައް އާއްމުވުމުން ނުރުހުން ފާޅުކުރެއެވެ. އެހެންނަމަވެސް ހަޤީގަތް އަބަދު ފޮރުވިފައެއް ނޯއްނާނެ އެހެންނޫންތޯ؟ ތިބާއަށް މި މައުލޫމާތު މިހާރު ލިބުން އެއީ ތިބާގެ ފުރުސަތު ކަމުގައިވެސް ވެދާނެއެވެ. ތިބާއަށް ލިބެން އުޅޭ މައުލޫމާތަކީ ޓީވީ އަކުން ފެންނާނެ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެތައް ބައެއްގެ ދިރިއުޅުން މިހާރުވެސް އެދަނީ ބަދަލުވަމުންނެވެ. މީގެ އެންމެ މޮޅުކަމަކީ މިކަމަށް ތިބާ ބޭނުންވާ ހުރިހާ އެއްޗެއް ތިބާގެ ބަދިގެން މިހާރުވެސް ލިބެން ހުންނާނެ ކަމެވެ.
ތެދުވެރިވާށެވެ! ހައި ބްލަޑްޝުގަރ ހުރެގެން ކަންބޮޑުވޭތޯއެވެ؟ އެކި އެއްޗެހި އެކި ގޮތްގޮތަށް ބޭނުންކޮށްގެންވެސް ޓެސްޓްގެ ނަތީޖާ ބަދަލު ނުކުރެވެނީތޯއެވެ؟ ތިބާގެ ފުރަމޭ ބަރުކަމަށް އިހްސާސް ކުރެވޭތޯއެވެ؟ ތިބާގެ ހަށިގަނޑުގައި ވިހަ މާއްދާތައް ފުރި ބާރުވެފައިވާކަމުގެ އިހްސާސް ކުރެވޭތޯއެވެ؟ އެންމެހާ އަގުބޮޑު ކްރީމްތައް ބޭނުންކުރާއިރުވެސް ރޫތަކާއި ހަމުގަ ހުންނަ ވަޅުކޮޅުތައް ގިނަވެ އިތުރުވޭނޫންތޯއެވެ؟
މި ހުރިހާ ކަމަކަމަށް ތިބާ އުއްމީދު ކުރަމުން އައި ޖަވާބަކީ މީ ކަމުގައި ވެދާނެއެވެ. ޓޯކިޔޯގެ ޔުނިވާރސިޓީގެ ރިސާޗަރުން ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.
ރެސިޕީ:
ރީތިކޮށް ދޮންވެފައިވާ ދޮންކެޔޮވަކެއްގެ ތޮށި (ކަޅުކުލަ ގަދަވިވަރެއް ރަނގަޅުވާނެއެވެ) ކަރަންފުލާ އެއްކުރުމުން 49 ޕަސެންޓަށް ބްލަޑް ޝުގަރ ދަށްކޮށްދެއެވެ.
· 2 ދޮންކެޔޮ ވަކުގެ ތޮށި ނަގާށެވެ. (ތޮށި ކަޅު ނަމަ ވަރަށް ރަނގަޅުވާނެއެވެ. އޭރުން އޭގެ ލޫސީން ގެ ބައި އެންމެ މަތީގަ ހުންނާނެތީއެވެ.)
· ކުދިކުދި ކޮށް ކޮށަލާށެވެ
· އަދި ބައި ސައިސަމުސާ މުގުރި ފޮނިތޮށި އެއްކޮށްލާށެވެ. ( އަސްލު ފޮނި ތަށި މުގުރައިގެން ބޭނުން ކުރާށެވެ. އާއްމުކޮށް ހުންނަ ބައެއް ވައްތަރުގައި ވިހަ މާއްދާ އެކުލެވިފައި ހުރެދާނެއެވެ.)
· ތާޒާ ބޭލީފް ގެ 3 ފަތް ވެސް ލާށެވެ. ( މިއީ ފޮރުވިފައި ހުންނަ އިންފްލެމޭޝަން އާ ހަނގުރާމަ ކުރާ މާއްދާއެކެވެ)
· 7 ކަރަންފޫ ކޮޅެއް އެއްކޮށްލާށެވެ. ( އިނޫޖިނަލް އިން މުއްސަނދިވެފައިވާ ކަރަންފުލަކީ ގުދުރަތީ އެންޓި އިންފްލެމެޓަރީ އަދި އައިބުޕްރޮފެން އަށްވުރެ 3 ގުނަ ބާރުގަދަ އެއްޗެކެވެ.)
· އަދި އެންމެ ފަހުގެ އެއްޗަކަށް ބައި ސައިސަމުސާ އިނގުރު (މުގުރާފައި) އެއްކޮށްލާށެވެ. (މި މާއްދާއިން ބަނޑުގެ ސަރުބީ ވިރުވުމުގެ ސްޕީޑް އިތުރު ކޮށްދީ 48 ގަޑިއުރު ތެރޭ ލޭ ސާފު ކޮށްދެއެވެ.)
· ހުރިހާ އެއްޗެއް އެއްކޮށް ބައި ލިޓަރު ފެނުގައި 8 މިނިޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ. އެއަށްފަހު އުނދުން ނިވާލާފައި މަތި ބަންދު ކޮށްލާފައި 5 މިނިޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު ފުރާނާލާށެވެ. އަދި ތައްޓަކަށް އަޅާލާފާއި ބޮވޭވަރަށް ހޫނުކޮށް ހުއްޓައި ބޯލާށެވެ.
ހެނދުނުގެ 10 އެއްގެ ކުރިން ބޯށެވެ. އެވަގުތަކީ ތިބާގެ ފުރަމޭ އެންމެ ރަނގަޅަށް ނިއުޓްރިއެންޓްސް ލިބިގަންނަ ވަގުތެވެ.
ދުވަސްކޮޅެއް ވަންދެން ކޮންމެ ދުވަހަކުވެސް ބޭނުންކުރައްވާށެވެ! ޑައިބެޓިކްސް އަދި ލޭގެ ބޭސް ބޭނުންކުރައްވާ ބޭފުޅުން ޑޮކްޓަރުގެ ލަފާ ހޯއްދަވާށެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
ޕްރެޝަރާ ފުރަމޭގެ މައްސަލަތައް ޙައްލުވުމުގެ އިތުރުން ސަރުބީ ވިރުވައި ހަންގަނޑު ޒުވާންކޮސްދީ ރީތިކޮށްދޭނެ ބުއިމެއް! ތަޖުރިބާކޮށްލުން މުހިންމު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ