ރާއްޖޭގެ ތާރީހުގައިވެސް މިހާރު ނޫނީ ސިނގިރެޓް ސުމަގުލް ކުރުމަކީ ކުރާކަމެއް ނޫނެވެ. ސިނގިރެޓްގެ ވަގު ވިޔަފާރި ކުރުމަކީ ކޮށްއުޅުނު ކަމެއް ވެސް ނޫނެވެ.
ސިއްހަތަށް ގެއްލުން ހުރިނަމަވެސް ސިނގިރެޓަށް ދެވި ހިފާފައި ތިބި މީހުން ސިނގިރެޓް ބުއިމަށް ވައްކަން ކުރާކަށް މީގެ ކުރިއަކު ނުޖެހެއެވެ. ދުންފަތުގެ އިސްތިއުމާލުން ދުރުކުރުމުގެ ނަމުގައި މުއިއްޒު ހުޅުވާދިން ވައްކަމުގެ ދޮރުގެ ސަބަބުން އެހެންނޫނީ ނުލިބޭ އެތަކެއް ގެއްލުމެއް މުޅި ގައުމަށް ލިބެން ފަށައިފިއެވެ.
ޓެކްސްގެ ގޮތުގައި އަހަރަކު ލިބެމުންއައި އެތައް މިލިޔަން ރުފިޔާއެއް ލިބުން ހުއްޓިއްޖެއެވެ. އެހެނެކޭ ކިޔާފައި ރާއްޖެއަށް އެތެރެވާ ސިނގިރެޓް މަދެއް ނުވެއެވެ. އިސްތިއުމާލު ކުރާ މީހުނެއްވެސް މަދެއް ނުވެއެވެ.
އެކި ނަން ނަމުގައި ވަގަށް އެތެރެކުރާ ގޮތްނެނގޭ ސިނގިރެޓާއި ދުންފަތުގެ ބާވަތްތައް ބޭނުން ކޮށްގެން ސިއްހަތަށް ލިބޭގެއްލުން އިތުރަށްވީ ބޮޑެވެ. ބިޑިއޮޅުން ކެފޭތަކާއި ހޮޅުއަށިތަކާއި އޮޑިދޯނިފަހަރުގެ މަޅަށް ތިރިވެ އޮޅަނީ ތެޔޮ ބިޑިއެއްކަމެއް ދުންބިޑިއެއް ކަމެއް ނޭނގޭ ވަރަށް ބިޑިއޮޅުން އާއްމުވީއެވެ.
އަނެއް ކޮޅުން ސްމަގުލްކުރާ އައު ބަޔަކު އުފެދި ފުޅާ ދާއިޜާގައި ސްމަގުލުކުރެވޭ އެއްޗަކަށް ސިނގިރެޓްވީއެވެ. ގާނޫނާ ހިލާފު ވާނެ އައުބަޔަކު އިތުރުވެ ކުށުގެ އައު ވެއްޓެއް އުފެދުނީއެވެ.
ގާނޫނު ތަންފީޒުކުރާ އިދާރަތަކަށް އިތުރު ބުރައެއް އިތުރުވެ އެ އިދާރަތަކުގައި ވަޒީފާ އަދާކުރާ މީހުން ޖަރީމާ ހިންގަން ކޮރަޕްޝަންގެ އައު ދޮރެއް ހުޅުވާދިނީއެވެ. ކުރިން އޮތް ގޮތަށް ދުންފަތާއި ގުޅުންހުރި ޓެކްސްތައް ތިރި ނުކޮށްފިނަމަ ބަލި މީހުންނާއި ކުށްވެރިން އެތައް ގުނައަކަށް ވާނީ އިތުރެވެ. ކެފޭތަކާއި ސައިމޭޒުތަކަކީ ފާޅުގައި ތެޔޮ ބިޑި އޮޅާ އައްޑާ ތަކަކަށް ވެގެން ހިނގައްޖެއެވެ.
ސިއްހީ ގޮތުންނާއި މާލީ ގޮތުންނާއި އާއިލާތަކަށް ޖެހުނު މުސީބާތަކަށް ދުންފަތުގެ ބާވަތްތަކުގެ ޓެކްސް ބޮޑުކުރުން ވެއްޖެއެވެ. ދައުލަތުން އިޖުތިމާއީ ރައްކާތެރި ކަމަށް ކުރަންޖެހޭ ހޭދަ އެކަމުން އެތައް ގުނައަކަށް ބޮޑުވިއިރު ދައުލަތަށް ބައިސެންޓްވެސް ނުވަދެ ވަގު ސިނގިރޭޓުން ބަރާވެއްޖެއެވެ. ޑްރަގަށްވުރެ ބާރަށް ހިނގާ ބައި އަޅައިގެންކުރާ އަގުބޮޑު ވަގު ވިޔަފާރިއަކަށް ސިނގިރެޓްގެ ވަގުވިޔަފާރި މުއިއްޒު ހަދާދިފިއެވެ.
މުއިއްޒުގެ ވެރިކަމުގައި ތައާރަފް ކުރި އައު ވައްކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ