މީޑިއާ ކޮމިޝަންގެ މީޑިއާތަކުގެ ސްލޮޓަށް ހަތަރު ބޭފުޅުން އައްޔަން ކުރައްވައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އިންތިހާބުވި ހަތަރު ބޭފުޅުން އެ ކޮމިޝަނުގެ މެންބަރުކަން ދީފިއެވެ.މީޑިއާ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން މީޑިއާ ކޮމިޝަނަށް ހަތް ބޭފުޅުން އިންތިހާބު ކުރަންޖެހޭއިރު ހަތަރު ބޭފުޅުން އިންތިހާބު ކުރަން ޖެހެނީ މީޑިއާތަކުގެ މެދުގައި އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބަކުންނެވެ. އެކަމަކު، އެކަށީގެންވާ އަދަދަކަށް މީޑިއާތަކުގެ އެ ސްލޮޓަށް ކުރިމަތިލާފައި ނުވާތީ އިންތިހާބަކާ ނުލައި ހަތަރު ބޭފުޅަކު ވަނީ އިންތިހާބުވެފަ އެވެ.މީޑިއާ ކޮމިޝަނަށް މިއަދު އައްޔަން ކުރެއްވީ އެ ހަތަރު ބޭފުޅުންނެވެ. އެއީ:ބްރޯޑްކާސްޓިން ކެޓަގަރީ:- އަބްދުލްއަޒީޒް އިބްރާހީމް- ށ. ފޭދޫ، މޫނިމާގެ- ޒަމްއަތު އަހުމަދު ވަހީދު- ގދ. ތިނަދޫ، މަލައޮންލައިން ކެޓަގަރީ:- ސިމާހާ ނަސީމް- ގދ. ރަތަފަންދޫ، ވެލީގޭ- ހުސައިން ސަގީފް- ހދ. ވައިކަރަދޫ، ހިސާންމީގެ ތެރެއިން ސަގީފަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެންމެ ފަހުގެ ރައީސެވެ.ކޮންޓްރޯލު ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. ބާކީ ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް ކުރިމަތިލާން ހުލުވާލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ ބޭފުޅުންގެ ނަންތައް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިނިވަން މުވައްސަސާތަކުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ