ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުޅާ ދާއިިރާއެއްގައި ހަރަކާތްތެރިވާ އެއް ކުންފުނި، ޔުނިވާސަލް ރިސޯޓްސް 'ވާސާ ހޮސްޕިޓަލިޓީ' އަށް ރީބްރޭންޑުކޮށް އެ ކުންފުނީގެ އާ ހޮސްޕިޓަލިޓީ އަދި ލައިފްސްޓައިލް ބްރޭންޑު ނީވާ ހޮޓެލްސް އެންޑް ރިސޯޓްސް ލޯންޗުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޔުނިވާސަލް ރިސޯޓްސްގެ މައި ކުންފުނި، ޔުނިވާސަލް އެންޓަޕްރައިޒަސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ބަދަލާއެކު އެ ކުންފުނީގެ ވިޔަފާރި ރާއްޖޭން ބޭރަށް އިތުރަށް ފުޅާކޮށް ދުނިޔޭގައި ފާހަގަ ކުރެވޭ ހޮސްޕިޓަލިޓީ ބްރޭންޑަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ތަފްސީލް - ރާއްޖޭގައި ނަން މަޝްހޫރު ގިނަ ރިސޯޓުތައް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރު މަނިކު ވިދާޅުވީ، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރާއްޖޭގައި ފާހަގަކުރެވޭ ނަން މަޝްހޫރު ރިސޯޓުތައް އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ކަމަށެވެ.
ޔުނިވާސަލްގެ ޓުއަ އޮޕަރޭޓާ ޕާޓްނަރުންނާއެކު ރާއްޖޭގެ ރިސޯޓު ލައިފްގެ އާ ކޮންސެޕްޓުތައް ތައާރަފުކޮށް، ރާއްޖޭގެ ފުރަތަމަ ރިސޯޓު ކުރުނބާ މޯލްޑިވްސް އިން ފެށި ދަތުރުގައި ބަރޮސް، ވެލައްސަރު، ކުރަމަތި، ހުވަފެންފުށި އަދި މިލައިދޫ ފަދަ މަގުބޫލު ރިސޯޓުތައް އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިހާރު ދުނިޔޭގެ ދަތުރުފަތުުރުގެ ޓްރެންޑަށް އަންނަމުންދާ ބަދަލާއެކު އަޅުގަނޑުމެންގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނާއި ޕާޓްނަރުންގެ މެދުގައި ބްރޭންޑަށް ހޭލުންތެރިކަން އިތުރު ކުރަންވީ ވަގުތު މިއީ. ވާސާ އަކީ ހަމައެކަނި ނަމެއް ނޫން. މިއީ އަޅުގަނޑުމެންގެ ރިސޯޓް ޕޯޓްފޯލިއޯގެ ޕޮޓެންޝަލް ފުރިހަމައަށް އިޙހުސާސް ކުރެވި، މުސްތަގުބަލުގައި ވިޔަފާރު ކުރިއެރުވުމަށް އަޅާ ފިޔަވަޅެއް."
ވާސާ ހޮސްޕިޓަލިޓީގެ ސީއީއޯގެ މަގާމަށް ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޑިރެކްޓަރު ވިޝާ މާހިރު ވަނީ އައްޔަނުކޮށްފައި
ޔުނިވާސަލް ރިސޯޓްސްގެ ސީއީއޯގެ މަގާމުގައި ވެސް ވިޝާ ހުންނެވި
ނީވާ އާއެކު ޔުނިވާސަލް އިން ރާއްޖެ އާއި ސީޝެލްސްގައި ހިންގާ ރިސޯޓުތައް އޮޕަރޭޓު ކުރާނީ އެ ބްރޭންޑުގެ ދަށުން
ރީ ބްރޭންޑުކޮށް އެ ކުންފުނީގެ ދަށުން ހިންގާ ރިސޯޓުތަކަށް ދެން ކިޔާނީ
ނީވާ ކުރުނބާ (ރާއްޖެ)
ނީވާ ވެލައްސަރު (ރާއްޖެ)
ނީވާ ކުރަމަތި (ރާއްޖެ)
ނީވާ ދިގަލި )ރާއްޖެ)
ނީވާ ލަބްރިޒް (ސީޝެލްސް)
ނީވާ އާރިއާ (ސީޝެލްސް، އަންނަ އަހަރު ހުޅުވާ ރިސޯޓެއް)
ޔުނިވާސަލް ރިސޯޓްސް' ވާސާ ހޮސްޕިޓަލިޓީ' އަށް ރީބްރޭންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ