500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމާމެދު އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސް

ރާއްޖެއިން އަންނަ އަހަރުގެ އޭޕްރިލް މަހަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ)ގެ ސުކޫކު ދެއްކުމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ށ. ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ، މި ސަރުކާރުން އިގުތިޞާދު ރަނގަޅު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ދައްކަން ހުރި ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައް ދައްކަމުން އަންނަ ކަމަށާއި ބައެއް ގައުމުތަކާ މަޝްވަރާކޮށްގެން، އެ ގައުމުތަކަށް ދައްކަން އޮތް ދަރަނިތަކަށް ލުއިތައް ހޯދަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް އިޝާރާތް ކުރެއްވީ، އިންޑިއާއާއި ޗައިނާއަށް ދައްކަން އޮތް ލޯނުތަކަށް އެ ދެ ގައުމުން މި އަހަރު ތެރޭ ލުއި ދިނުމަށެވެ. ރައީސް ވިދާޅުވީ، ރާއްޖެއިން އަންނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކަން އޮތްއިރު، އެ ސުކޫކު ދެއްކުމަށް ރާވައިގެން ކުރަމުން އަންނަ މަސައްކަތްތައް ފުރިހަމަކަމާ އެކީ ކާމިޔާބުވަމުން އަންނަ ކަމަށެވެ. ރައީސް މުއިއްޒު ބިލެތްފަހީގައި: ވިދާޅުވީ، ރާއްޖެ ޑިފޯލްޓެއް ނުވާނެ، ހުރިހާ ކަމެއް ހުރީ ތަރުތީބުވެފައި ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް މި ސަރުކާރަކަށް އެއްވެސް ކަންބޮޑުވުމެއް ނެތް މި އަންނަ އަހަރުގެ ސުކޫކު ޕޭމަންޓު ކަންތަކުގައެއް. އެހެންވީމަ މި ހުރިހާ ކަންތައްތައް ވެސް މި ކުރިއަށް ގެންދަނީ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ތަރައްގީ ހާސިލުކޮށްދިނުމަށްޓަކައިރައީސް ޑރ. މުޙައްމަދު މުއިއްޒު މިމަހު ދެވަނަ ދުވަހު އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާ ދައްކައި، ޚަލާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. މިރޭ ރައީސް ވަނީ އެ ވާހަކައަށް ވެސް އަލިއަޅުއްވާލައްވާފައެވެ. https://sun.mv/212150 އެގޮތުން، ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި ދިވެހި އެކި ކުންފުނިތަކަށް އިދާރާތަކުން ކުރުވާފައި ހުރި ހުރިހާ މަސައްކަތްތަކުގެ ބިލުތަކަށް ފައިސާ ދީ ނިންމާނެ ކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ. ބިލެތްފަހީގެ ރައްޔިތުން: ރައީސް ވިދާޅުވީ، ރާއްޖެ ޑިފޯލްޓެއް ނުވާނެ، ހުރިހާ ކަމެއް ހުރީ ތަރުތީބުވެފައި ކަމަށް --- ފޮޓޯ/ ރައީސް އޮފީސް ބޭރުގެ ދަރަނި ވެސް ދައްކަން. ރާއްޖެ ޑިފޯލްޓެއް އިރާދަކުރެއްވިއްޔާ ނުވާނެ. ފުރިހަމައަށް އަޅުގަނޑުމެން މި ހުރީ ހުރިހާ ކަމެއް ތަރުތީބުކޮށްފައިރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޒާވުގެ ހާލަތު ހުރީ ރަނގަޅުކޮށް ކަމަށާއި ހުރިހާ ކަމެއް ރަނގަޅަށް ގެންދަމުން، ތަރައްގީގެ ކަންކަން ހާސިލުކޮށްދެމުން ކުރިއަށް ދިޔުމަށް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ރާއްޖެ ޑިފޯލްޓުނުވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ރާއްޖެއަށް ވަނީ ދަރަނީގެ ކަންބޮޑުވުން ބޮޑުވެފައެވެ. އެގޮތުން، މި އަހަރު ވެސް 500 މިލިއަނެއްހާ ޑޮލަރު ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ދަރަނި ނުދެއްކިދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ސަރުކާރުން ތަކުރާރުކޮށް އަންނަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ