އެއްވެސް އިންތިހާބެއް ނުބޭއްވުމުން އިންތިހާބަށް ހަރަދެއް ނުހިނގާނެ!

ދެ އިންތިހާބު އެއްކޮށްލައިގެން ރައްޔިތުންނަށް ވާނެ މޮޅެއް ނެތެވެ. ސިޔާސީ ގޮތުން ލިބޭނެ ހަމަ ޖެހުމެއް ވެސް ނެތެވެ. ހުރިހާވެސް މޮޅެއް އޮތީ ވެރިކަމުގައި ހުންނަ ރައީސަށާއި އޭނާ ނިސްބަތްވާ ޕާޓީއަށާއި އޭނާއަށް ބައިއަތު ހިފައިގެން އުޅޭ މަހުޖަނުންނަށެވެ.
ގިނަ ގިނައިން އިންތިހަބު އޮތިއްތާ ރައްޔިތުންނާ ހަމައަށް ގިނަގިނައިން އެމީހުންނަށް އަންނަން ޖެހޭނެއެވެ. ގިނަ ކަންތައް ކޮށްދޭން ޖެހޭނެއެވެ. މުޅި ފަސް އަހަރު އެކުގައި ދައުލަތް ވީދާ ނޮޅާކައިފާ ފަސްއަހަރުން އެއްފަހރު ރައްޔިތުން ގާތަށް ދިޔައިމަ ކުރަން ޖެހޭ ހަރަދު ކުޑަވެފައި ފަސޭހަ ވާނެއެވެ. ވައުދުވެ ވައުދު ނުފުއްދިޔަން އެކަމާ ކުރި މަތިލާން ޖެހޭނީ އެއް ފަހަރެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުން މަޖިލިސް މެންބރުން ހޮވުމަށް ހޭދަނުކޮށް ހަމައެކަނި ރައީސަކު ހޮވަން ހަރަދުކޮށްގެން ފަރުޖައްސާލެވޭނެއެވެ. ރިޔާސީ ކެންޑިޑޭޓާއެކު ކޮންމެ ޕާޓީއަކުންވެސް 94 ރަނިންމޭޓުން ނެރުމުން ނިމުނީއެވެ. އޭރުން ގާސިމާއި ޝިޔާމާއި އުއްޗު ކަހަލަ މަހުޖަނުންނަށް ކުރަންޖެހޭ ހޭދަ ކުޑަވެދާނެއެވެ. އެކަމަކު އާއްމު ރައްޔިތު މީހާއަށް ވަނީ ގެއްލުމެވެ. 
ހަރަދު ކުޑަކުރުމުގެ ނަމުގައި އިންތިހާބުތައް އެއްކުރުމަކުން ވަކި ހަރަދެއް ކުޑައެއް ނުވާނެއެވެ. ފުލުފުލުގައި އިންތިހާބު ބޭއްވިޔަސް ހަރަދު ކުޑަކުރެވޭނެ ގޮތްތައްބައިވަރެވެ. އެގޮތަތްކަށް ހަރަދުތައް ކުޑަކޮށްލަން ކެރޭނެހެއްޔެވެ. 
ރައީސުލްޖުމްހޫރިއްޔާގެ މުގައްދަސްކަން ބޮޑުކޮށް ޝެހެންޝާނުހެދެން ކޮންމެ ދުވަހަކު ކުރާ ހޭދަތައް ކުދަކޮށްލާ ހަމަ ބިމަށް ފައިބައިގެން ހަރަދުކުޑަކުރުމުގެ ހިއްވަރު ހުންނާނެ ހެއްޔެވެ. ވަޒީރުންގެ މަޖިލިސް ކުޑަކޮށް ވުޒާރާތަކާއި އޮފީސްތައް މަދުކޮށް މީހުނަށް މަގާމު ދިނުމުގެ ބަދަލުގައި ކުރަން ހުންނަ ކަންތައް މަސައްކަތަށް ލާޒިމު މިންވަރަށް ވަޒީފާއަށް މީހުން ބައިތިއްބާފައި ބާކީ އެންމެން ވަކިކުރުމުގެ ހިއްވަރު ހުންނާނެ ހެއްޔެވެ. އަނެއްކޮޅުން ބައި އަޅައިގެން ހިންގާ އަގުބޮޑު މަޝްރޫއުތައް އޭގެ ހަމައަގުގައި ކަމިޝަނެއް ނެތި ކުރެވޭނެ ގޮތަށް އިންތިޒާމުކޮށްލަ ބަލާށެވެ.   
ސިޔާސީ ވެރިންނަށް އިންތިހާބު ބާއްވައިގެން ހަރަދު ބޮޑުވަންޏާ ރިޔާސީ އިންތިހާބެއް މަޖިލިސް އިންތިހާބެއް އެއްގޮތަކަށްވެސް ނުބާއް ވާ އިންތިހާބީ ހަރަދުތައް އެއްކޮށް ސުމަކަށް ތިރިކޮށްލެވިދާނެއެވެ.
މުއިއްޒާ ހަމައިން ވިރާސީ ރަސްކަމަކަށް ވެރިކަން ފޮރޮޅާލާ ގާނޫނަކީ ވިދާޅު ބަސފުޅުކަމަށް ހަދާލުމުން އިންތިހާބީ ހަރަދުތައް ސުމަކަށް ގެނެވޭނެއެވެ. އޭރަކުން އިލެކްޝަން ކަމިޝަނެއް އެތަން ހިންގަން ހިނގާ ހަރަދެއް ނުހިގާނެއެވެ. އަނެއްކޮޅުން އިންތިހާބެއް ބޭއްވުމަށް ހިނގާ ހަރަދެއް އެއްގޮތަކަށްވެސް ނުހިނގާނެއެވެ. ވޯޓު ހޯދާކަށް ހަރަދު ކުރާކަށްވެސް ނުޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ