މިއުނިކް (މާޗް 30) - އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން، ހެރީ ކޭން އަށް އިތުރު ޑީލެއް ދިނުމަށް ފަހު ބަޔާން މިއުނިކްގައި އޭނާ މަޑުކުރުވަން އޮތް ބިރަކީ ސައުދީ ޕްރޯ ލީގުގައި ވާދަކުރާ ޓީމުތަކުގެ އަތުގައި އޮތް ފައިސާ ކަމަށް ބަޔާންގެ އޮނޮރަރީ ރައީސް، އުލީ ހޮއެނެސް ވިދާޅުވެއްޖެ އެވެ.
ޓޮޓެންހަމްގައި 20 އަހަރު ހޭދަކުރި، ކޭން، 32، މީގެ ތިން ވަރަަކަށް އަހަރު ކުރިން، 2023 ވަނަ އަހަރު ބަޔާނަށް ސޮއިކުރީ ޖުމްލަ އެކު، 110 މިލިއަން ޑޮލަރަށް އަރާ ޑީލެއްގަ އެވެ. މި ވަގުތު ބަޔާނުން ހަދާފައި އޮތް އެއްބަސްވުން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހު ކްލަބަކާ ވާހަކަ ދައްކައި، 78 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ކޭން އަށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އޮތީ މި ސީޒަނަށް ފަހު ފަހިކޮށެވެ. އެކަަމަކު، ޖެނުއަރީ މަސް ނިމުމާ އެކު، އެ މާއްދާ އަމަލުކުރާނެ މުއްދަތު އޮތީ ހަމަވެފަ އެވެ. ދެން، ކޭންގެ ސޮއި ޓީމަކަށް ހޯދޭނީ ބަޔާނާ މަޝްވަރާކޮށްފަ އެވެ.
ހޮއެނެސް ވިދާޅުވީ، ކޭން އަށް ކްލަބް ބަދަލުކުރަން ލިބިފައި އޮތް ފަސޭހަ ފުރުސަތެއް ދޫކޮށްލުމުގެ ފަހަތުގައި އޮތީ ބަޔާންގައި މަޑުުކުރަން ބޭނުންވުން ކަމަށެވެ. އަދި، މި ވަގުތަށް ފެންނަން އޮތީ އަންނަ ސީޒަނުގެ ނިޔަލަށް ބަޔާނާ އެކު ކޭން ހަދާފައި އޮތް ކޮންޓްރެކްޓެއްކަން ހޮއެނެސް ފާހަގަކުރެއްވި އެވެ.
"އެކަމު މިކަން ވާނެ ގޮތެއް ނޭނގެ، ކިހިނެއް އެނގޭނީ ސައުދީން (ސައުދީ ޕްރޯ ލީގުގެ ކްލަބްތަކުން) އައިސް ފައިސާ ހުށަހަޅަން ފަށައިފިއްޔާ ދެން ބަލަން ޖެހޭނީ،" ހޮއެނެސް ވިދާޅުވި އެެވެ.
ބަޔާނާ އެކު، ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް ހަދަމުން އަންނަ ކޭން ވަނީ އެ ޓީމަށް ކުޅެދިން 136 މެޗުން 133 ލަނޑު ޖަހައި، 31 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ކޭން މަޑުކުރުވަން ބަޔާނަށް އޮތް ބިރަކީ ސައުދީގެ ފައިސާ ކޭން މަޑުކުރުވަން ބަޔާނަށް އޮތް ބިރަކީ ސައުދީގެ ފައިސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ