މާލޭގައި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ގެއަކުން، މަގު މައްޗަށް އެއްލާލާފައި އޮތް މީހެއް ހޮސްޕިޓަލަށް ދެންމެ ގެންގޮސްފި އެވެ. މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި ބިދޭސީ އެ މީހާ އޮތީ "މަރުވެފައި ކަމަށް ބެލެވެ" އެވެ.
ވީ ކިހިނެއް؟ - އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ، ކަޅުހުރާ މަގުގައި ހުންނަ ސާޖް ނަމަކަށް ކިޔާ ގެއެއްގެ ކުރިމަތިންނެވެ. އަދި އެ ގެއަކީ، ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ގެއެކެވެ.
"އެތަނުން އޭނަ ނެރެފަ ޕޭމަންޓާ ދިމާލުގައި ބާއްވާފައި އޮތީ. އެމީހާގެ އެއްވެސް ހަރަކާތެއް ނެތް. ވިންދެއް ނެތް. ބެލެވެނީ މަރާލާފައި ނުވަތަ މަރުވެފައިހެން،" މަންޒަރު ދުށް މީހަކު 'ދައުރު'އަށް ކިޔައިދިނެވެ.
"އޭނާ އެތާ ބޭއްވި މީހުން ވަނީ ފިލާާފައި."
ފިލަން މަސައްކަތް ކުރި މީހުންގެ ތެރެއިން ދެ މީހަކު އެވަގުތު އެތަނުގައި ތިބި މީހުން ހިފެހެއްޓި އެވެ. އެ ދެ މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ތަފްސީލު އަންނަނީ...
މަރުވެފައި އޮތް ކަމަށް ބެލެވޭ މީހެއް މަގު މައްޗަށް އެއްލާލާފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ