ވަގުތީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އަނެއްކާވެސް ފަރުހާދު
ފުލުސް ކޮމިޝަނަރު އިސްމާއިލް ނަވީން، ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު އިއްޔެ ރިޓަޔާކުރެއްވުމާ ގުޅިގެން، އެ މުއައްސަސާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކުރައްވައިފި އެވެ.ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވުމުން، ގާނޫނުގައި ބުނެފައިވާ ގޮތަށް އެ މަގާމަށް ފަރުހާދު އައްޔަންކުރެއްވީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރެވެ.ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން އިއްޔެ ރިޓަޔާކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރައްވަން ނިންމެވީ ސީދާ ކީއްވެގެންކަން ހާމައެއް ނުކުރެ އެވެ.ޕޮލިސް ކޮމިޝަނަރުކަމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ހޯމް މިނިސްޓްރީން އެކަމަށް އާންމުކޮށް އިއުލާން ކުރުމަށް ފަހު އެވެ. ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ.އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.ފަރުހާދަށް ފުލުހުން އިދާރާގެ ވަގުތީ ހިންގުން ދެއްވިއިރު، އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕްގެ މައްސަލައެއްގައި ހެކި ނައްތާލި ކަމުގެ ސީރިއަސް ތުހުމަތެއް ފަރުހާދަށް ކުރެވެއެވެ. ނަމަވެސް މިކަމުގެ ހަގީގަތް އަދި ހާމައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ