ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އާއި ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށާއި މިއިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވާ ކަމަށެވެ.
"ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން." ރައީސް ވިދާޅުވިއެވެ.
މިއަދުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވަނީ ބޮޑެތި ސިޓީތައް ކާމިޔާބުކޮށް، އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދާފައެވެ. އަދި ސަރުކާރުން ކެމްޕޭން ކުރި ގޮތައް ދެއިންތިޚާބު އެއްކޮށް ބާއްވަން ނުފެންނަ ކަމަށް ވެސް ގިނަ ރައްޔިތުން ވަނީ ވޯޓް ދީފައެވެ.
ރަނގަޅު ކުރަންޖެހޭ ކަންކަން، ރަނގަޅުކުރުމަށް މަސައްކަތްތައް ކުރާނަން - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ