ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ނޫނެކޭ ބުނެފި: ނަޝީދު
މިއަދު ބޭއްވި އިންތިޚާބުތަކުގައި އިދިކޮޅު އެމްޑީޕީ، ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި އިންތިހާބެވެ.އެ އިންތިހާބު ވޯޓު މިހާރު ގުނަމުން އަންނައިރު ގިނަ ރަށްރަށާއި ސިޓީތަކުގެ ވަގުތީ ނަތީޖާ ވަނީ ލިބިފަ އެވެ. ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީގެ މެމްބަރުން ވަނީ ދިފާއު ކުރައްވައިފަ އެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ބޭޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް މިހާތަނަށް ގިނަ ބަޔަކު ވޯޓު ދިނީ ނުފެން ކަމަށެވެ. އެ ނަތީޖާތަކާ ގުޅުވައި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ނެގި ވޯޓުގައި އެމްޑީޕީ ވަނީ ވަރަށް ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށް، ކާމިޔާބު ހޯދައިފައި ކަމަށެވެ. އެގޮތުން ހުރިހާ ސިޓީއަކާއި ގިނަ ރަށްރަށާއި ފެންނަ ނުފެންނަ ވޯޓުގައި ވެސް ބޮޑު ތަފާތަކުން ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.''ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް އަދި ވާދަވެރިންނަށް ވަރަށް ބޮޑަށް މަރުހަބާ،" ނަޝީދު ވިދާޅުވިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ