މިއަދު ބޭއްވި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ފެންނަ ނުފެންނަ ވޯޓުގައި ގިނަބަޔަކު ނޫނެކޭ ބުނެފިއެވެ.
މިއަދު ނެގި ފެންނަ ނުފެންނަ ވޯޓަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކުރުމަށް ގާނޫނުއަސާސީގެ އަށްވަނަ އިސްލާހަށް ރައްޔިތުންގެ ބަހެއް ހޯދުމަށް ބޭއްވި ވޯޓެކެވެ. ސަރުކާރުން ހުށަހެޅީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށެވެ.
އިދިކޮޅު ފަރާތްތަކުން ވަކާލާތުކޮށްފައިވަނީ މިހާރުވެސް ކުރިއަށްދާގޮތަށް އިންތިހާބު ބޭއްވުމަށެވެ. ވޯޓު ގުނުމުގެ މަރުހަލާ ކުރިއަށްދާއިރު، މިހާތަނަށް ގުނައި ނިމުނު ފޮށިތަކުން ނަތީޖާތައް ދައްކާގޮތުން ގިނަ ބަޔަކު ވަނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ވޯޓު ގުނުމުގެ މަސައްކަތް މުޅިން ނިމި، ރަސްމީ ވަގުތީ ނަތީޖާ އިއުލާން ކުރެވޭނީ ހުރިހާ ފޮށިތަކެއްގެ ނަތީޖާ ޝީޓްތައް ލިބި ކަށަވަރުވުމުން ކަމަށެވެ.
ހިޔާލު ހޯދުމުގެ ވޯޓުގައި މިހާތަނަށް ގިނަބަޔަކު ބުނީ ނޫނެކޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ