އިންތިހާބުގެ ނަތީޖާތަކުން ރައްޔިތުން ބުނެދެނީ، ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެކަން ކަމަށާއި މި ސަރުކާރުގެ ސިޔާސަތުތައް ލަސްނުކޮށް ބަދަލުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އިލްތިމާސްކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ބޭއްވި ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ހުރިހާ ސިޓީތަކެއްގެ އެމްޑީޕީ މޭޔަރުން ވަނީ ގޮނޑި ދިފާއުކުރައްވާފަ އެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ރިޔާސީ އިންތިހާބާއި އާންމު އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލީ މީހުންގެ %72 މީހުން ބުނެފައިވަނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. ފެންނަ ކަމަށް ވޯޓު ދީފައިވަނީ %28 މީހުންނެވެ.
ބުނީ ކީކޭ؟ - އިންތިހާބީ މޭޔަރުންނާއި ކައުންސިލު ރައީސުންްނާއި މެމްބަރުންނަށް މަރުހާބާ ވިދާޅުވެ ސޯލިހު ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ލަސްނުކޮށް ކުރަންވީ ކަމަކީ ސިޔާސަތުތަކަށް ބަދަލު ގެނައުން ކަމަށެވެ.
"ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައި. ރައްޔިތުން މިއަދު އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ. ސަރުކާރުން ލަސްނުކޮށް ކުރަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭ ގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުން،" ސޯލިހުގެ ޕޯސްޓުގައިވެ އެވެ.
އެމްޑީޕީއަށް ހެޔޮއެދޭ މީހުންނާއި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ވެސް ސޯލިހު ޝުކުރު ދެންނެވި އެވެ.
ރައްޔިތުން މިއަދު އެބުނީ ސަރުކާރުގެ މިސްރާބު ބަދަލުކުރާށޭ: ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ