ޝަފްރާޒާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ކަނޑު އަޑީގެ ރިކޯޑެއް ހަދަން ތައްޔާރުވެއްޖެ
ވިޒިޓް މޯލްޑިވްސްއާއި މަޝްހޫރު ދިވެހި ޑައިވަރު ޝަފްރާޒް ނައީމްއާ ގުޅިގެން ކަނޑު އަޑީގެ ރިކޯޑެއް ހެދުމުގެ ހަރަކާތަކަށް ތައްޔާރުވެއްޖެއެވެ. އެއީ، ތިން އަތޮޅެއްގައި ކަނޑު އަޑިން ދަތުރުކޮށް، ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހޯދުމަށް ހިންގާ މި އަހަރުގެ 'އެކްރޮސް މޯލްޑިވްސް' ހަރަކާތެވެ. އަންނަ ހުކުރު ދުވަހު ފަށާ މި ހަރަކާތުގައި 15 ދުވަހުގެ ތެރޭގައި 55 ފަހަރު ފީނާނެ ކަމަށާއި 450 ކިލޯ މީޓަރަށް ވުރެ ދިގު ރާސްތާއެއްގައި ކަނޑު އަޑިން ދަތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. https://x.com/visitmaldivesco/status/2013621917320720601 ފީނުމުގައި 27 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޝަފްރާޒާ ގުޅިގެން ދެ ރިކޯޑެއް މި ހަރަކާތުގައި ގާއިމުކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ، ޑީޕީވީ ބޭނުންކޮށްގެން އެއް ފަހަރު ފީނައިގެން ކަނޑުގެ ސަރަހައްދެއްގައި އެންމެ ދުރަށް ދަތުރުކުރުމާއި އެއް މަސްދުވަހުން ޑީޕީވީ ބޭނުންކޮށްގެން އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރުމެވެ. ދެހާސް ބާވިހުގައި ޝަފްރާޒް ވަނީ 50 ގަޑިއިރު ކަނޑުއަޑީގައި ހޭދަކޮށް، ރިކޯޑެއް ހަދާފައެވެ. އެއީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ