ދިރާސީ އަހަރު ފެށެންވާއިރަށް މާލޭގެ އެކި ސްކޫލްތަކުން ހުޅުމާލޭގެ އެކި ސްކޫލްތަކަށްށް އިއްޔެގެ ނިޔަލަށް ޖުމްލަ 836 ދަރިވަރުން ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަދަދު އަށް ވިދާޅުވީ އިއްޔެގެ ނިޔަލަށް މާލޭގެ އެކި ސްކޫލްތަކުން ހުޅުމާލޭގެ އެކި ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުވިއިރު، އަތޮޅުތެރޭގެ އެކި ސްކޫލްތަކުން ޖުމްލަ 753 ދަރިވަރުން ހުޅުމާލެއަށް ބަދަލުވެފައިވާ ކަމަށެވެ.
އަތޮޅުތެރެއިން ގްރޭޓާ މާލެ ސަރަހައްދަށް އިއްޔެގެ ނިޔަލަށް 1،530 ދަރިވަރުން ބަދަލުވެފައިވާއިރު، އޭގެ ތެރޭގައި ހުޅުމާލެއަށް ބަދަލުވި 753 ދަރިވަރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އަތޮޅުތެރެއިން ގްރޭޓާ މާލެ ސަރަހައްދަށް ބަދަލުވި 1،530 ދަރިވަރުންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ހުޅުމާލެއަށް ބަދަލުވި ދަރިވަރުންނެވެ.
އަންގާރަ ދުވަހު ފަށާ ދިރާސީ އައު އަހަރަށް ހުޅުމާލޭގެ ފޭސް 2 ގެ ޝަހީދު އަލީ ސްކޫލް ހުޅުވައި ކިޔަވައިދިނުމަށް ތައްޔާރުވަމުންދާއިރު، އެ ސްކޫލަށް ކޮންމެ ދުވަހަކު 20 ވަރަކަށް ކުދިން ވަންނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލޭގެ ޝަހީދު އަލީ ސްކޫލަކީ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އަކާ ހިސާބަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލުގައި 2،500 އެއްހާ ޖާގަ ހުރެ އެވެ.
މިނިސްޓަރު ވިދާޅުވީ ގްރޭޑް 1 ގައި ކިޔަވަން އަތޮޅުތެރެއިން ގްރޭޓާ މާލެ ސަރަހައްދަށް އިއްޔެގެ ނިޔަލަށް 1،748 ދަރިވަރުން ބަދަލުވިއިރު، އަތޮޅުތެރޭގެ ސްކޫލްތަކަށް ގްރޭޑް 1 ގައި ކިޔެވުމަށް 3،042 ދަރިވަރުން ރަޖިސްޓްރީކުރި ކަމަށެވެ.
މީގެއިތުރުން މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ވެސް ޓީޗަރުންގެ މައްސަލައެއް ދިމާނުވާނެކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.
ކޮންމެ އަހަރެއްގެ ދިރާސީ އަހަރަށް އަތޮޅުތެރެއިން މާލެ ސިޓީގެ އެކި ރަށްތަކަށް ގިނަ އަދަދެއްގެ ދަރިވަރުން ބަދަލުވެ އެވެ. ނަމަވެސް މި އަހަރު އަތޮޅުތެރެއިން މާލެއަށްވުރެ ގިނައިން ހުޅުމާލެއަށް ދަރިވަރުން ބަދަލުވީ ގެދޮރުވެރިޔާގެ ދަށުން ފްލެޓްތައް ދޫކުރުމުން ކަމަށް ބެލެވެ އެވެ.
ދިރާސީ އަހަރަށް މާލެއިން ހުޅުމާލެއަށް 800 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެއްޖެ ދިރާސީ އަހަރަށް މާލެއިން ހުޅުމާލެއަށް 800 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ