ބައެއް މީހުންނަކީ ބުރަ އެއްވެސް މަސައްކަތެއް ކުރަން ބޭނުންވާ ބައެއް ނޫނެވެ. އެމީހުން ބޭނުންވަނީ ހަށިގަނޑަށް ބުރައަކަށް ނުވާނެ ކަންކަން ކުރުމަށެވެ. ނަމަވެސް މިއީ ޞިއްޙަތަށް އޮތް ނުރައްކަލެކެވެ.
ދޮޅުލައްކަ މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ހަށިގަނޑަށް ބުރަވާނެ ކޮންމެވެސް މަސައްކަތެއް ކުޑައިރުކޮޅަކަށް ނަމަވެސް ކޮންމެ ދުވަހަކުވެސް ކުރުމަކީ ފުރާނައަށް ނުރައްކާތެރިވާ ޙާލަތު ކުރިމަތިވުމުން ދުރުކޮށްދޭ ކަމެކެވެ.
ދިރާސާގެ ރިޕޯޓުގައި ބުނެފައިވަނީ ކޮންމެ ދުވަހަކު މަދުވެގެން 5 މިނިޓާއި 10 މިނިޓާއިދެމެދުގެ ވަޤުތުކޮޅަކަށްނަމަވެސް ހަށިގަނޑަށް ބުރަވާނެ މަސައްކަތެއް ކުރާނަމަ އެކަމުގެ ފައިދާ ފެންނާނެކަމަށެވެ.
"މޭޒުދޮށުގައި ތިބެގެން ކުރަނީ ހަށިގަނޑަށް ބުރަވާނެ މަސައްކަތެއް ނޫން. މިހާރުގެ ޢާއިލީ ކެއްކުމަކީ ވެސް ބުރަވާނެ ކަމެއް ނޫން. އެކަމަކު ހަލުއިކަމާއިއެކު ގޭގެ ތަޅުމުގައި މޮޕްލުމަކީ ބުރަވާނެ ކަމެއް. ބޭނުންވަނީ މަސައްކަތުގެ ބުރަކަން ހަށިގަނޑަށް އިޙްޞާޞްކުރަންޖެހޭނެ މަސައްކަތެއް ކުރުން." ކަމަށްވެސް ދިރާސާގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ގޭގެ ހުރިހާ ބުރަމަސައްކަތެއް ނޯކަރުންލައްވައި ކުރުވާ މީހުން މިކަމަށް ސަމާލުކަންދިނުން މުހިންމުކަން ފާހަގަކުރެވެއެވެ. ކުޑަ އިރުކޮޅަކަށް ނަމަވެސް އަމިއްލައަށްވެސް ބުރަކޮށް މަސައްކަތްކުރުމުގެ ފައިދާ މިއޮތީ ފެންނާށެވެ.
- މަޢުލޮޫމާތު: ޞިއްޙީ ޚަބަރު
ބުރަ މަސައްކަތެއް ކުޑައިރުކޮޅަކުނަމަވެސް ކޮންމެ ދުވަހަކު ކުރުމަކީ ފުރާނައަށް ނުރައްކާވުން ކުޑަކޮށްދޭ ކަމެއް!: ދިރާސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ