އެކަނިވެރި ދަރީން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ ބޮޑުކޮށްފި އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓްކްޝަން އެޖެންސީ ބުނީ އެކަނިވެރި ދަރީން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާއިބެހޭ ގަވާއިދަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ. އަދި ގަވާއިދު މިހާރު ވަނީ ގެޒެޓްކޮށް އާންމުކޮށްފަ އެވެ.
ކުރީން ދެނީ 2,000 އެވެ. ނަމަވެސް މިހާރު މަހަކު ކުއްޖަކަށް 3,000 ރުފިޔާ ލިބޭނެ އެވެ. އަދި ހަތަރު ކުދީންނަށް ވުރެ އިތުރަށް ކުދީން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް މާލީ އެހީގެ ގޮތުގައި މަހަކަށް އިތުރު 1,000 ރުފިޔާ ދޭނެ އެވެ.
މިއަދު ގެޒެޓްކުރި ގަވާއިދުގައި ބުނާ ގޮތުން އެކަނި ދަރީން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި އެންމެ ގިނަވެގެން ލިބޭނީ 15,000 ރުފިޔާ އެވެ. އަދި އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބޭނީ 180,000 ރުފިޔާ އެވެ.
މި ގަވާއިދަށް އަމަލު ކުރަން ފަށާނީ ޖަނަވަރީ ފުރަތަމަ ދުވަހު އެވެ.
އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް އަންނަ އަހަރުން ފެށިގެން 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މިދިޔަ އޮކްޓޫބަރު މަހު އެވެ.
އެކަނިވެރި މައިންނާއި ބަފައިންގެ އިނާޔަތް ބޮޑުކޮށްފި، 15000ރ އާ ހަމައަށް ދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ