އެކަނިވެރި މައިންނާއި ބަފައިންނަށް މަހަކު 15,000ރ. އަށް އިނާޔަތް ބޮޑުކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.
ވީކިހިނެއް؟ - އެންސްޕާގެ ގަވާއިދަށް ބަދަލުގެނެސް އެ ބަދަލު ވަނީ ގެޒެޓްކޮށްފަ އެވެ.
ތަފްސީލް - މިހާރު ގެޒެޓްކުރި ގަވާއިދުގައިވާ ގޮތުން ދެން އިނާޔަތް ދެމުންދާނީ:
ހަތަރު ދަރިންނާ ހަމައަށް ދަރިއަކަށް މަހަކު 3,000ރ
އެއަށްވުރެ އިތުރުވާ ދަރިއަށް މަހަކު 1,000ރ
އެންމެ މަތިން ދެވޭނެ އަދަދަކީ މަހަކު 15,000ރ
މީގެ ކުރިން ދެނީ އެއް ދަރިއަކު ނަމަ މަހަކު 2000ރ. އެވެ. ދެން އިތުރުވާ ކޮންމެ ދަރިއަކަށް 1000ރ. އެވެ. ދެވޭނެ އެންމެ މަތީ އަދަދަކީ 10,000ރ. އެވެ.
އެނގުން މުހިންމު - ދަރިއަކަށް މަހަކު 3,000ރ. ދިނުމާއި އެންމެ މަތީ އަދަދު މަދުވެގެން 12,000ރ. ދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް މަހަކު 15،000ރ. އާ ހަމައަށް ދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ