އިންތިހާބީ މަގާމަކަށް ނުވަތަ ކުންފުންޏެއްގެ ވަޒީފާއަކަށް އަންނަ ރިޓަޔާޑު ފުލުހުންނަށް އިނާޔާތް ނުލިބޭ ގޮތް ހަދައިފި އިންތިހާބީ މަގާމަކަށް ނުވަތަ ކުންފުންޏެއްގެ ވަޒީފާއަކަށް އަންނަ ރިޓަޔާޑު ފުލުހުންނަށް އިނާޔާތް ނުލިބޭ ގޮތް ހަދައިފި

ފުލުހުންގެ ވަޒީފާއިން ރިޓަޔާވުމަށް ފަހު އިންތިހާބީ މަގާމަކަށް ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ މަގާމަކަށް އަންނަ މީހުންނަށް ރިޓަޔަމަންޓު އިނާޔާތް ނުލިބޭ ގޮތަށް ގަވާއިދަށް ބަދަލެއް ގެނެސްފި އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ފުލުހުންނާއި ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައި ތިބި އޮފިސަރުން ހަމަޖައްސާފައިވެ އެވެ. އޭގެ ތެރޭގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އަދި އެމްޕީއެލްގެ އެމްޑީ މުހައްމަދު ރިޝްވާން ހިމެނެ އެވެ.
ބައެއް އާންމުން އަންނަނީ ރިޓަޔަމަންޓު އިނާޔަތްތަކާއެކު އެފަދަ އޮފިސަރުން ކުންފުނިތަކުގެ ބޮޑު މުސާރަ ނަގަމުން އަންނާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މުއިއްޒު ވަނީ އެ ކަންބޮޑުވުންތަކަށް އިޖާބަ ދިނުމަށް އެފަދަ އޮފިސަރުންނަށް އެހެން ވަޒީފާތަކުގައި ތިބޭއިރު ރިޓަޔަމަންޓު އެލަވަންސް ނުލިބޭ ގޮތަށް ގަވާއިދުތައް ބަދަލުކުރުމަށް އަންގަވާފަ އެވެ.
މިއަދު ގެޒެޓުކުރި ފުލުހުންގެ ރިޓަޔަމަންޓު ގަވާއިދަށް ގެނައި ބަދަލުގައި ވަނީ އެފަދަ އޮފިސަރުން ވަޒީފާތަކުގައި ދެމިތިބޭ މުއްދަތުގައި ރިޓަޔަމެންޓު އިނާޔަތް ނުލިބޭނެ ކަމަށް ބުނެފަ އެވެ.
އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ އޮފިސަރަކަށް ރިޓަޔަމަންޓު އިނާޔަތުގެ ފައިސާ ދޫކުރެވިއްޖެނަމަ، ފުލުހުންގެ ހިދުމަތުން އަންގާ ގޮތެއްގެ މަތީން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފަ އެވެ.
ހަމައެހެންމެ އިންތިހާބީ މަގާމެއް ނުވަތަ ކުންފުންޏެއްގެ މަގާމަކުން ރިޓަޔާ ކުރާއިރު އެ ވަޒީފާއެއްގެ ރިޓަޔަމަންޓު ޕެކޭޖު ނަގާނަމަ ފުލުހުންގެ ރިޓަޔަމަންޓު އިނާޔަތް ނުލިބޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެ އިހުތިޔާރު އެ އޮފިސަރަކަށް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ