ރާއްޖެ އަށް ޑްރަގް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި
ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް ކަނޑުމަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން މިރޭ އަތުލައިގެންފި އެވެ.އެ އިދާރާ އިން ބުނީ، ޝައްކު ކުރެވިގެން އެ ފުޅިތައް ސްކޭންކޮށް، ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ބަރުދަން 40 ކިލޯއަށް އަރާ އެތަކެތީގެ މަގުމަތީގެ އަގު 30 މިލިއަން ރުފިޔާއަށް އަރައެވެ.އެތަކެތި ކަސްޓަމްސްއިން ޓެސްތް ކުރަމުންދާ މަންޒަރު މިރޭ ޕީއެސްއެމުން ލައިވް ކުރި ނަމަވެސް، އެކަމާއި ގުޅިގެން ކަސްޓަމްސްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ