ފުލުހަކަށް އިންޒާރުދީ ހަަމަލާ ދިނުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ މާލެ, އިއްޒުއްދީން މަގާއި ގަދަކޯޅި މަގު ގުޅޭ ކަންމަތީގައި ގުރޫޕް ހަދައިގެން ތިބި ބަޔަކު, ފުލުުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ބަލާ ފާސްކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އިންޒާރު ދީފައިވާ ކަމަށެވެ.
އަދި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އެ މައްސަލަ ބަލަމުންދާ ކަމަށާ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ.
މި މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެކަކު ފަސް ދުވަހަކަށް އަނެކަކު ދެ ދުވަހަށް އަދި ދެން ހުރި މީހާ 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި މި ތިން މީހުންނަކީ ވެސް އެ ހިދުމަތުގައި ޖިނާއީ ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ.
ފުލުހަކަށް އިންޒާރުދީ ހަަމަލާ ދިނުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ