މިއަހރުގެ ފުރަތަމަ ތިން މަހު، އެއަޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ، މިދިޔައަހަރުގެ ފުރަތަމަ ތިން މަސްދުވަހާއި އަޅާބަލާއިރު، ތިރީސް އިންސައްތައިގެ އިތުރުވުމުކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 871 މިލިއަން ރުފިޔާ އެވެ.
ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 563 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 435 މިލިޔަން ރުފިޔާއެވެ. މިއީ 29.4 އިންސައްތައިގެ އިތުރުވުމެކެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 573 މިލިޔަން ރުފިޔާއެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 437 މިލިޔަން ރުފިޔާއެވެ. މިއީ 31.2 އިންސައްތައިގެ އިތުރުއަދަދެކެވެ.
އެއަޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސް އިން 1.1 ބިލިއަން ރުފިޔާ ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ