އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި އޮޕްޓިކަލް ހިދުމަތް ފޯރުކޮށްދެމުންދާ، އައިކެއާގެ ދެ އައުޓްލެޓުންވެސް މިހާރު އާސަންދަ މެދުވެރިކޮށް އައިނު ހެެއްދޭނެ ކަމަށް އައިކެއާ އިން ބުނެފިއެވެ.
މީގެ ކުރިން އައްޑޫގައި ހުންނަ އައިކެއާގެ އައުޓްލެޓްތަކުގެ ތެރެއިން އާސަންދަ ބަލައިގަންނަމުން ދިޔައީ އެންމެ އައުޓްލެޓަކުން ނަމަވެސް، މި ގެނެވުނު ބަދަލާއެކު މިހާރު ދެ ސެންޓަރުންވެސް އާސަންދައިގެ ހިދުމަތް ލިބިގެންދާނެކަމަށް އައިކެއާއިން ވަނީ ބުނެފައެވެ. އަދި މިއީ އައްޑޫގެ ރައްޔިތުންނަށް މި ހިދުމަތް ހޯދުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއްކަމަށް އައިކެއާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އައިކެއާ އިން ބުނީ މި ހިދުމަތުގެ ދަށުން، އާސަންދަ ގަބޫލުކުރާ ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން ދޫކޮށްފައިވާ ސައްހަ ޕްރިސްކްރިޕްޝަނަކަށް، އާސަންދައިން ކަނޑައަޅާފައިވާ 2,000 ރުފިޔާގެ ކަވަރޭޖްގެ ތެރެއިން އައިނު ހެއްދޭނެކަމަށެވެ. އަދި އައިކެއާގައި ތަފާތު ގިނަ ބްރޭންޑްތަކުގެ، އެކި ފެންވަރުގެ އަދި އެންމެ ފަހުގެ ޑިޒައިންތަކުގެ ފްރޭމްތައް ލިބެން ހުންނާނެކަމަށް އައިކެއާއިން ވަނީ ބުނެފައެވެ.
މީގެ ތެރޭގައި އާސަންދައިން ލިބޭ 2,000 ރުފިޔާގެ ތެރެއިން، އަމިއްލަ ޖީބުން އެއްވެސް އިތުރު ހަރަދަކާ ނުލައި ގަނެވޭނެ ރީތި ފްރޭމްތަކުގެ އިތުރުން، އިތުރު ފައިސާ ދައްކައިގެން ލިބޭނެ މަތީ ފެންވަރުގެ އައިނުތައް ވެސް ހިމެނެއެވެ. އައިކެއާ އިން ބުނީ، އައިނު ހެއްދުމަށް އޯޑަރު ދޭތާ ގާތްގަނޑަކަށް އެއް ހަފްތާގެ ތެރޭގައި އައިނު ތައްޔާރުކޮށް ކަސްޓަމަރަށް ލިބޭނެ ކަމަށެވެ.
އިތުރަށް އައިކެއާއިން ބުނީ މި ހިދުމަތް އައްޑޫގެ ދެ އައުޓްލެޓަށް ފުޅާކުރުމުގެ އެންމެ ބޮޑު މަގުސަދަކީ، އަމިއްލަ ރަށުގައި ތިބެގެން ހެޔޮ އަގުގައި ފެންވަރު ރަނގަޅު އޮޕްޓިކަލް ހިދުމަތެއް ލިބިގަތުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. މީގެ ސަބަބުން އާސަންދައިގެ ދަށުން އައިނު ހެއްދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް، ރައްޔިތުންނަށް އަވަސް އަދި ފަސޭހަ ހިދުމަތެއް ކަށަވަރުވެގެންދާނެކަން އައިކެއާއިން ވަނީ ފާހަގަކޮށްފައެވެ.
މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ މާލެ، ހަނިމާދޫ އަދި ކައްދޫގެ ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވެއްޖެ ހިޔާލުތަފާތުވުންތައް ހައްލުކުރުމަށް ފައްޔާޒު ބުރަކޮށް މަސައްކަތްކުރެއްވި: ނަޝީދު ފްލައިޓެއްގައި ތިބި ފަސިންޖަރުންތަކެއްގެ އަތުން ވައްކަންކުރި ދިވެއްސަކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ