އެމްޑަބްލިޔުއެސްސީގެ އެމްޑީ މަތީންވެސް އިސްތިއުފާދެއްވައިފި

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވިކަން އޭނާ އިއުލާނުކުރެއްވީ ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ 2023 ގެ ނޮވެމްބަރު 28ގަ އެވެ.މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕާޓީއަށް ލިބުނު ނާކާމިޔާބީއަށްފަހު ސަރުކާރުގެ އިސް މަގާމުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ވެސް ވަނީ މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ