ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު"މޯލްޑިވްސް 2.0" ގެ މަގުޗާޓު ތަންފީޒުކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް އަދި އައި.ސީ.ޓީ އެކޯސިސްޓަމް ތަަރައްޤީކޮށް ފުޅާކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ދައުލަތުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން 2.0 ގެ ދަށުން ކުރިޔަށްގެންދާ މަސައްކަތްތައް އިތުރުވެފައިވާރު މި ހަރަކާތަކީވެސް އެކަމުގެ ތެރޭގައި މުހިންމު ހަރަކާތެކެވެ. މި މަޝްވަރާ ބައްދަލުވުމަކީ 2.0 ގެ މަގުޗާޓުގައި ހިމެނޭ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމާއި އީޖާދީ މަސައްކަތްތަކާ ގުޅޭ އަށްވަނަ ތަނބަށް ޚާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ. އަދި މި މަޝްވަރާ ބައްދަުލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ "ކޯ-ކްރިއޭޓިންގް ޕިލަރ 8 ޕްރައިވެޓް ސެކްޓަރ ޑައިލޯގް" މި ނަމުގައެވެ.
މި މަޝްވަރާ ބައްދަލުވުމަކީ މައިންޑްކޯއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި މަޝްވަރާ ބައްދަލުވުމުގައި، ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފިސަރުން ބައިވެރިވުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ފަރާތްތައް ބައިވެރިވާނެއެވެ.
މި ބައްދަލުވުން ވެގެންދާނީ މޯލްޑިވްސް 2.0 މަޝްރޫޢު ތަންފީޒުކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ހުޅުވާލެވިފައިވާ މާހައުލެއްގައި ބިނާކުރަނިވި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ ހަރަކާތަކަށެވެ. އަދި މަޝްވަރާތަކުގެ އަލީގައި ޕްރައިވެޓް ސެކްޓަރގެ ބައިެރިވުން އިތުރުކުރުމަށް މަގުޗާޓުގައި ހިމެނިފައިވާ އެކިއެކި ހަރަކާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މި ބައްދުލުވުން އެހީވެދޭނެއެވެ.
"މޯލްޑިވްސް 2.0" އިން ކަނޑައަޅާފައިވާ ޤައުމީ އިސްތިރާޖީ މިސްރާބާ އެެއްގޮތަށް، ވަރުގަދަ ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއެކު، ޝާމިލްވާ ހުރިހާ ފަރާތްތަކަށް ނަފާވާގޮތަށް މަގުޗާޓުގެ ހަރަކާތްތައް ވިިލަރެސްކުރެވިގެން ދިއުން މުހިއްމެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ