ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރި ރާއްޖޭގެ ޒުވާން ޤައުމީ ޓީޓީ ޓީމުން 3 ރިހިމެޑަލް އަދި ހަތަރު ލޯ މެޑަލް ހޯދައިފިއެވެ.
އިންޑިއާގެ ޝިމްލާގައި ބޭއްވި މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި ޓީމުގައި ހިމެނެނީ މުހައްމަދު ހަލަފް ރާފިއު، އައްޔޫބު އިޒްކާން ސަލީމު، ފާޒް އިމްޔާޒް ލަތީފް، އަވުން އިބްރާހިމް ލަތީފް، މުހައްމަދު އާލް އިމްރާން، ފާތިމަތު ދީމާ އަލީ، އައިޝަތު އަލްސާ ނާފިޒު، މިޝްކާ މުޙައްމަދު އިބްރާހިމް، ސާރާ މޫސާ ޖަމީލު އަދި އައިޝަތު މަލަކް ތަސީންއެވެ.
މި މުބާރާތުން ރާއްޖެއިން ހޯދި ކާމިޔާބީތަކުގެ ތެރޭގައި 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ހަލަފް އާއި އަލްސާގެ ޕެއާއިން ވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ދީމާ އާއި ޙަލަފްގެ ޕެއާވެސް ވަނީ ރިހި މެޑަލް ހޯދާފައެވެ. މީގެ އިތުރުން 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުން ރާއްޖެއަށްވަނީ ރިހި މެޑަލް ލިބިފައެވެ.
19 އަހަރުން ދަށުގެ ފިރިހެން ޓީމު އިވެންޓުން ރާއްޖެއަށް ވަނީ ލޯ މެޑަލް ލިބިފައެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުންވެސް ރާއްޖެއަށް ވަނީ ލޯ މެޑަލް ހޯދާފައެވެ.
19 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުން ފާތިމަތު ދީމާ އަލީ ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓުން ދީމާ އާއި މިޝްކާ ވަނީ ލޯ މެޑަލް ހޯދާފައެވެ.
ސައުތު އޭޝިއަން ޔޫތު ޓީޓީ މުބާރާތުގެ ގިނަ މެޑަލްތަކެއް ރާއްޖެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ