ހައްޖުވެރިންގެ ހުރިހާ ކަމެއް ފުރިހަމަކޮށް ނިމިއްޖެ: ޝަހީމް
ޙައްޖުގެ އެންމެހާ އިންތިޒާމްތަކެއް ފުރިހަމަކުރެވިފައިވާކަމަށާއި، ޙައްޖުވެރިންގެ ވިސާގެ ކަންކަންވެސް މިހާރު ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ހައްޖުގެ އަޅުކަން އަދާކުރުމަށ ސައުދީ އަރަބިއްޔާއަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.ހައްޖުވެރިންގެ ވިސާ ދޫކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖުވެރިންގެ އެކޮމަޑޭޝަނާއި ފްލައިޓް ދަތުރުތަކުގެ އިތުރުން އެހެނިހެން ކަންކަމުގެ އިންތިޒާމު ކުރެވިފައިވާ ކަމަށެވެ. ހައްޖާޖީންގެ ފުރަތަމަ ގުރޫޕް އަންނަ މަހުގެ 15 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާއިރު މި އަހަރުވެސް މައްކާ ރޫޓްގެ ދަށުން ދިވެހީ ޙައްޖުވެރީންނަށް ހުރިހާ ފަސޭހަތަކެއް ލިބިގެންދާނެ އެވެ. މިކަމުގެ ތައްޔާރީތަކަށް ސަޢޫދީ ޢަރަބިއްޔާއިން ވަޑައިގަންނަވާ އެޑްވާންސް ޓީމް އަންނަ ހަފުތާގައި ރާއްޖެ އަންނާނެ އެވެ.މައްކާ ރޫޓް އިނީޝިއޭޓިވްއަކީ، ހައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުރުގެ ކަންކަމާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމް ލުއިފަސޭހަކުރުމަށް ސައުދީއިން ކަނޑައަޅާ ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ.މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަންގެ އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަށް ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ އެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލުންނެވެ. އަދި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާޕޯޓްގައި އިސްތިޤުބާލު ކުރާނެ އެވެ.ފުރަތަމަ ފަހަރަށް ރާއްޖޭގެ ހައްޖުވެރިންނަށް މި ހިދުމަތް ލިބެން ފަށާފައިވަނީ މިދިޔަ އަހަރުން ފެށިގެން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ