ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އިތިއޯޕިއަން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުންދާ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ފެންވަރުގެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުހައްމަދު އަމީން ވިދާޅުވީ މިހާތަނަށް ރާއްޖެއަށް ދަތުރުކުރުމަށް ޝެޑިއުލްކުރެވިފައިވާ އެއާލައިންތަކަށް ބަލާއިރު 626 ފްލައިޓު ކެންސަލްވެފައިވާ ކަމަށެވެ. މިކަމުގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ހާލަތުގައި ސަރުކާރުން އެންމެ އިސްކަމެއް ދިނީ މީހުން ގެނެވޭނެ ގޮތެއް ހޯދުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެއާލައިންތައް ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބެލަރޫސްގެ ބެލަވިއާ އެއަރލައިން އަދި އިތިއޯޕީއަން އެއަރލައިން ދަތުރުތައް ރާއްޖެއަށް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރިއަށް އޮތް ހަފްތާ ދެ ހަފްތާ ދެހަފްތާ ތެރޭގައި އެއަރ ސާވިސް އެގްރިމެންޓް އިތިއޯޕިއާއެކު ކުރެވޭނު އެއީ ވަރުގަދަ އެއަރލައިނެއް ރާއްޖޭގެ ސަރަހައްދުން ދަތުރުކުރަމުންދާ. އެކަންތައްވެސް އަޅުގަނޑުމެންނަށް ކުރެވިގެންދާނެ. 1 އޯގަސްޓްއިން ފެށިގެން ބެލާވިއާ އެއަރލައިންސް ދަތުރުތައް ފަށާނެ. މޯލްޑިވިއަން އޮސްޓްރޭލިއާ ދަތުރުތައްވެސް ފެށިގެންދާނެ. ގުޅިގެން ކުރާ މަސައްކަތްތަކުގެ ވަރަށް ބޮޑު ކާމިޔާބީއެއް ލިބެމުންދޭ" ވަޒީރު މުހައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި އައު އެއާލައިންތަކުގެ އިތުރަށް، މިހާރު ދަތުރުކުރާ އެއަރލައިންތަކުގެ ފްރީކުއެންސީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ޤަތަރު އަދި އެމިރޭޓްސް ދަތުރުތައް މިހާރު އަލުން ފެށި އިޔާދަ ވަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މެދުއިރުމައްޗަށް ވައިގެ ދަތުރުތައް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށް ކުރެނު މަސައްކަތުން އީޑްލްވައިސް އެއަރއޭޝިއާ އެއާ އިންޑިއާ އަދި ޓާކިޝް އެއަރލައިންގެ ޝެޑިއުލް ދަތުރަތައް އިތުރު ކުރެވުނުކަމަށް ދަތުރުފަތުރާބެހޭ ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ކުރި މަސައްކަތުން، މިހާރު ޤަތަރު އެއަރލައިންސް އަދި އެމިރޭޓްސް އެއަރލައިންސްގެ ދަތުރުތައް ފަށާފައިވާކަމަށާއި ނަމަވެސް ކުރީގެ ކުރި މިންވަރަށް އަދި އެ ދަތުރުތައް އިތުރުނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ މުއްސަނދިން ރާއްޖެ ގެނައުމަށް ކަމަށާއި އެކަމުގައި ޖެޓުތަކުގެ އަދަދު އިތުރު ކުރެވި ކާމިޔާބީ ހޯދިފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިހާރު ދަތުރުކުރާ އެއާލައިންތަކުގެ ފްލައިޓުތަކުގެ ޝެޑިއުލް ދަތުރުތައް އިތުރުކުރެވިފައިވާކަމަށެވެ.
"އެހެންވީމަ ޓޯޓަލް ނަމްބަރ އޮފް ފްލައިޓްސް ކޮމްޕެއަރ ކުރާއިރު މުޅި ޤައުމަށް ކުރާ އަސަރު ކުޑަކުރެވޭ. މީގައި ބްރީތިން ސްޕޭސްއެއް އަޅުގަނޑުމެންނަށް އެބަފެނޭ މީގެ އެއް ހަފްތާއާއި އަޅާ ބަލާއިރު، ނިމިދިޔަ ހަފްތާގައި %25 އެރައިވަލްސް މައްޗަށް ޖެއްސިއްޖެ. އޭގެ މާނައަކީ އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ފެނެޔޭ" ވަޒީރު ވިދާޅުވިއެވެ.
ދަތުރުފަތުރާބެހޭ ވަޒީރު ވަނީ، މިމައްސައްކަތްތަކާއެކުވެސް ބާޒާރުގައި ތެލުގެ އަގު އުފުލިފައިވުމުން ޖެޓް ފިއުލްގެ އަގުވެސް އުފުލިފައިވާ ކަމަށެވެ. މިއާއެކު އެއާލައިންތަކުގެ ޓިކެޓުތަކުގެ ގާތްގަނޑަކަށް 40 އިންސައްތަ އުފުލިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތިއޯޕިއަން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ