ދަރަވަންދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން އިޔާސް ވިދާޅުވީ، އަމަލީ މަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު އެކުންފުނިން ކުރަމުންދާ ކަމަށެވެ.
ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހެވެ.
"މިހާރު މިދަނީ ކޮންޓްރެކްޓަރ އެޕޮއިންޓު ކުރުމުގެ މަސައްކަތް. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ނިންމާފަ މަސައްކަތް ކުރަނީ މިއަހަރު ފަހުކޮޅު މިތަނުގެ އަމަލީ މަސައްކަތް ފެށުމަށް،" އިޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ޓާމިނަލުގައި، 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ކުޑަކުދިން ބެލެހެއްޓުމަށް ޚާއްސަ 'ބޭބީ ކެއަރ' ފެސިލިޓީއެއް ވެސް ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން އެއްވަގުތެއްގައި ތިން ބޯޓަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އެއާޕޯޓަށް ލިބިގެންދާނެއެވެ.
ދަރަވަންދޫ އެއާޕޯޓު ޓާމިނަލްގެ މަސައްކަތް މި އަހަރު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ