ގދ. ގައްދޫ އަތޮޅު މަދަރުސާގެ ދަރިވަރަކު، އެ ސްކޫލުގެ އަންހެން މުދައްރިސަކަށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ކުރީ ވަގުތެއްގައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:46 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި އަނިޔާލިބިފައިވަނީ އެ މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށެވެ.
ފުލުހުން ބުނީ މި މައްސަލަ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ދަރިވަރަކު ޓީޗަރަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ