އއ. އަތޮޅުން ދަތުރުކުރި ލޯންޗެއް ފަރަށް އަރައި ފަޅައިގެން ގޮސް، ބޮޑު ގެއްލުމެއް ރޭ ލިބިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮންސްޓެންސް ހަލަވެލި ރިސޯޓު ކައިރިއަށް، "ވައިޓް ސޭންޑު ޝާކް" ނަމަކަށް ކިޔާ ލޯންޗެއް ފަރަށް އަރައި އޭގައި ތިބި މީހުން ސަލާމަތް ކުރަން އެދި އެ އިދާރާއަށް ރިޕޯޓުކުރި ކަމަށެވެ.
ނަމަވެސް، އޭގެ ކުރިން އެ ރިސޯޓުގެ ލޯންޗެއް ގޮސް އޭގައި ތިބި 20 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.
އޮފިޝަލް ވިދާޅުވީ ލޯންޗުގައި ޓޫރިސްޓުން ވެސް ތިބި ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން، ފޭސްބުކްގައި އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ލޯންޗު ފަރަށް އެރުމުން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވެ އެވެ. ދެން ފެންނަނީ ލޯންޗު ބަންޑުން ޖަހާލާފައި އޮތް ތަނެވެ.
އެ ވަގުތު އެ އުޅަނދުން ދަތުރުކުރި މީހުން ތިބީ އެކި އެއްޗެހީގައި ހިފަހައްޓައިގެންނެވެ.
ފަރަށް އެރި ލޯންޗެއް ފަޅައިގެން ގޮސް، ދަތުރުކުރި މީހުން ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ