އެލް ސްޓޫޑިއޯއިން އެޕަލް ވޮޗް ގަތުމުން، އުރީދޫގެ އީ-ސިމް ޚިދުމަތް 6 މަސް ދުވަހަށް ހިލޭ ލިބޭނެ

އެލް ސްޓޫޑިއޯ އާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ އެޕަލް ވޮޗް އީ-ސިމް ޕްރޮމޯޝަންގެ ފައިދާ ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތްކަން އެ ކުންފުނިން ހަނދާންކޮށްދީފިއެވެ. މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން، އެލް ސްޓޫޑިއޯ ފިހާރައިން އެޕަލް ވޮޗްގެ ކަނޑައެޅޭ މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް، އިތުރު ޚަރަދަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބޭނެއެވެ. މި ޚިދުމަތަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާތީ، ވީހާވެސް އަވަހަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އުރީދޫއިން އިލްތިމާސްކުރެއެވެ. މި ޚިދުމަތުގެ ސަބަބުން އައިފޯނު ކައިރީގައި ނެތިވެސް، އެޕަލް ވޮޗް މެދުވެރިކޮށް ގުޅުމާއި، މެސެޖު ކުރުމާއި، މިއުޒިކް އަޑުއެހުމާއި، ނޮޓިފިކޭޝަންތައް ބެލުމުގެ އިތުރުން އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ފުރުސަތު ލިބެއެވެ. ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފަރުމާކޮށްފައިވާ އެޕަލް ވޮޗްގެ އީ-ސިމް ޓެކްނޮލޮޖީއަކީ ކަސްޓަމަރުންގެ ދުވަހުގެ މަސައްކަތްތަކާއި، ކަސްރަތު ކުރުމާއި، ދަތުރުފަތުރު ކުރުމުގައި އިތުރު ފަސޭހަތަކެއް ގެނެސްދޭ، މިނިވަންކަމާއެކު ބޭނުންކުރެވޭނެ ޚިދުމަތެކެވެ. ރާއްޖޭގައި އެޕަލް ވެއަރަބަލް ކަނެކްޓިވިޓީ ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ މޯލްޑިވްސްއެވެ. މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ތަޖުރިބާތައް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބައެކެވެ. މި ޕްރޮމޯޝަން ޚާއްސަކޮށްފައިވަނީ އެލް ސްޓޫޑިއޯ ފިހާރައިން ގަންނަ އެޕަލް ވޮޗްތަކަށެވެ. ހަ މަސް ދުވަހުގެ ހިލޭ ޚިދުމަތަށްފަހު، ކަސްޓަމަރުންނަށް މަހަކު 199 ރުފިޔާއަށް މި ޚިދުމަތް ކުރިއަށް ގެންދެވޭނެއެވެ. މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން، އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ޑިޖިޓަލް ދަތުރުގައި އިސް ދައުރެއް އަދާކުރަމުންދާއިރު، އެ ކުންފުނީގެ 'ޑިޖިޓަލް މޯލްޑިވްސް'ގެ ތަސައްވުރާ އެއްގޮތަށް ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ގުޅިފައި ހުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ. އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް އިތުރު މައުލޫމާތު ސާފުކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ