އެމްޑަބްލިއުއެސްސީގެ އެމްޑީ މަތީން ވެސް އިސްތިއުފާ ދެއްވައިފި

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް މަތީން މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ތަފްސީލް - 28 ނޮވެމްބަރު 2023ގައި އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް އައްޔަނު ކުރެއްވި މަތީން މަގާމުން އިސްތިއުފާ ދެއްވީ ކީއްވެ ކަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ.
އެނގުން މުހިއްމު - އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރިގެ މަގާމުން މަތީން މިއަދު އިސްތިއުފާ ދެއްވި އިރު، ސަރުކާރުގެ މަސްކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. މީގެ އިތުރުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވައިފަ އެވެ.
ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ އާއި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ