ޒިއުރިކް (މާޗް 27) - ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސްގައި އަންހެން އެތުލީޓުން ވާދަކުރުމުގެ މިންގަނޑު ކަނޑައަޅާ އުސޫލަށް 2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލްސްގައި ބާއްވާ އޮލިމްޕިކްސް އިން ފެށިގެން ބޮޑު ބަދަލެއް ގެންނަން ނިންމައިފި އެވެ.
އެ ގޮތުން، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން މިހާރު ނިންމާފައިވަނީ، އަންހެން އެތުލީޓުންނާ ގުޅޭ ގިނަ މައްސަލަތަކެއް ދިރާސާ ކުރުމަށް ފަހު، މިހާރު ނިންމާފައިވަނީ، އަންހެން އެތުލީޓުންނަށް ފުުރުސަތު ދިނުމުގައި ބަލާނީ، އުފަންވިއިރު އަންހެނަށްވާނަމަ، އެ އުސޫލުގެ މަތިން ފުރުުސަތު ދިނުމަށެވެ. އަދި، "ސެކްސް ޓެސްޓް" ޖިންސު ދެނެގަތުމަށް ހަދާ ޓެސްޓް ހަދާނީ ހަޔާތުން އެއް ފަހަރު ކަމަށް ވެސް އައިއޯސީގެ މި އުސޫލުގައިވެ އެވެ. މީގެ މާނަ އަކީ، ޓްރާންސްޖެންޑާ އެތުލީޓުންނަށް ދެން އެއްވެސް ފުރުސަތެއް ނޯންނާނެ އެވެ.
(އައިއޯސީ)ގެ ރައީސްކަމަށް އިންތިހާބުވި ފުރަތަމަ އަންހެން ރައީސް، ޒިމްބާބްވޭގެ ކާސްޓީ ކަވެންޓްރީ ވިދާޅުވީ، 2028 ވަނަ އަހަރުގެ އެލްއޭ އޮލިމްޕިކްސް އިން ފެށިގެން މި ބަދަލު ފެނިގެންދާނެ ކަމަށާއި މިއީ ޒަމާނުއްސުރެން ހައްލުނުލިބި އޮތް ކަމެއް ރަނގަޅު މަގުން ގެންދިއުމަށް ބާރު އެޅިގެންދާނެ ބަދަލެއް ކަމަށެވެ.
"އޮލިމްޕިކްސް އެއްގައި ވަރަށް ހަނި ފަރަގަަކުން ވެސް ބަލިވަނީ ނޫނީ މޮޅުވަނީ ކޮން ބައެއްތޯ ކަނޑައެޅިގެންދާނެ. އެހެންވީމަ، މިކަން ބަލަހައްޓާ ފަރާތްތަކުން އުސޫލުތައް ހެދިފައި ހުންނަން ޖެހޭނީ އުސޫލުގެ ތެރެއިން ކަމަށް ދެކެނީ،" ކާސްޓީ ވިދާޅުވި އެވެ.
އައިއޯސީން ވަނީ، އަންހެން އެތުލީޓުންގެ އެލިޖިބިލިޓީ ކަށަވަރުކުރުމަށްޓަކައި، ހަދާ ޖެންޑާ ޓެސްޓް ކަނޑައަޅާނެ މިންގަނޑުތަކެއް ވެސް އާންމުކޮށް، ވީހާވެސް ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކަންތައްތައް ގެންދަން ނިންމައިފަ އެވެ.
އޮލިމްޕިކްސްގެ އަންހެން އެތުލީޓުންގެ އުސޫލަށް ބޮޑު ބަދަލެއް އޮލިމްޕިކްސްގެ އަންހެން އެތުލީޓުންގެ އުސޫލަށް ބޮޑު ބަދަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ