ދިރާގުން ސެމްސަންގް ގެލެކްސީ S25 އަލްޓްރާ ފޯނު ގަންނަ ކަސްޓަމަރުންނަށް ތިން މަސްދުވަހުގެ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.
އެ އޮފާގެ ދަށުން ގެލެކްސީ S25 ފޯނު ގަންނަ ފުރަތަމަ 30 ކަސްޓަމަރުންނަށް ތިން މަހަށް ހިލޭ ބޭނުކުރެވޭ ނެޓްފްލިކްސް ސަބްސްކްރިޕްޝަން (ޔޫއެސްއޭ) ކްރެޑިޓް ވައުޗަރެއް ލިބެ އެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަނަކީ ދިރާގު ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.
އެ ފޯނު އޯޑަރުކުރަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިރާގު ވެބްސައިޓު މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށާއި ނެޓްފިލްކްސް ސަބްކްރިޕްޝަން އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ސެމްސަންގް ގެލެކްސީ S25 އަލްޓްރާ އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ފީޗާތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑިވައިސްއެކެވެ.
އެ ފޯނުގައި ހަރުކޮށްފައިވާ އެޑްވާންސްޑް ސްނެޕްޑްރެގަން 8 އެލީޓް ފޯ ގެލެކްސީ ޕްރޮސެސަރުގެ ސަބަބުން، އަވަސް ސްޕީޑާއި އާޓިފިޝަލް އިންޓެލިޖެންސްގެ ހިދުމަތްތައް ލިބިގެންދެ އެވެ.
މީގެ އިތުރުން 6.9 އިންޗީގެ ޑައިނަމިކް އެމޮލެޑް 2 އެކްސް ޑިސްޕްލޭއިން ސާފު އަދި ކުލަގަދަ ކުއަޑް އެޗްޑީ + ވިޝުއަލްސް ފޯރުކޮށްދެ އެވެ. އެ ޑިވައިސްގެ ކެމެރާ ސިސްޓަމުން ޕްރޮފެޝަނަލް ފޮޓޯ އަދި ވީޑިއޯ ނެގޭނެ އެވެ.
މި ފޯން އޯޑަރުކުރުން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިރާގު ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރެވޭނެއެވެ. ފޯނު އޯޑަރުކުރުމުން ފުރަތަމަ 30 ކަސްޓަމަރުންނަށް ނެޓްފްލިކްސް ސަބްސްކްރިޕްޝަން އީމެއިލް މެދުވެރިކޮށް ލިބިގެންދާނެއެވެ.
ދިރާގުން ގެލެކްސީ S25 ފޯނެއް ގަތުމުން ހިލޭ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ލިބޭ ޕްރޮމޯޝަނެއް ދިރާގުން ގެލެކްސީ S25 ފޯނެއް ގަތުމުން ހިލޭ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ލިބޭ ޕްރޮމޯޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ