އަތޮޅުތެރޭގައި ހިންގާ ސްކޫލެއްގައި ދަރިވަރަކަށް ބުލީ ކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިހެން ދަރިވަރަކަށް ބުލީކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުން ގުޅިގެން އަންނަނީ ބަލަމުންނެވެ.
ބުލީގެ ޝިކާރައަކަށް ވީ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދަރިފުޅަށް ސްކޫލުގައި އަނިޔާކޮށް ބުލީކޮށްފައިވާ ކަމަށް ބުނެ ފޯނު ކޯލެއް ލިބުނު ކަމަށެވެ. އަދި ސްކޫލަށް ދިޔަ އިރު ދަރިފުޅުގެ ގައިގެ އެކި ތަންތަނުގައި ވަކި އަޅާފައިވާ ކަމަށެވެ. އެކއުްޖާގެ ބައްޕަ ހިއްސާ ކުރި މި ޕޯސްޓުގައި އަނިޔާ ލިބިފައި ހުރި ތަންތަން ފެންނަ ފޮޓޯ ހިއްސާކޮށްފައިވާ އިރު، އެ ކުއްޖާ ގެ މޫނު މަތީގެ ބައެއް ތަންތަނުން ހަންގޮސް ލޭ އައިސްފައި ހުރި ތަން ފެނެއެވެ.
ދަރިފުޅަށް އަނިޔާކުރީ ދަރިފުޅުގެ ކްލާހުގައި އިންނަ އެހެން ކުއްޖެއް ކަމަށާއި މި ކަމުގައި ސްކޫލުން އަމަލު ކުރި ގޮތުން ވަރަށް ހައިރާންވި ކަމަށް ކުއްޖާގެ ބައްޕަ ބުނެއެވެ. ދަރިފުޅަށް ބުލީކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަން ސްކޫލަށް އެނގޭ ކަމަށާއި ނަމަވެސް އެކަން ސްކޫލަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށް ސްކޫލުން ބުނެފައިވާ ކަމަށް ބައްޕަ ބުނެއެވެ.
ސްކޫލާ މެދު ހިތްހަމަނުޖެހުން ފާލު ކުރަމުން ކުއްޖާގެ ބައްޕަ ބުނީ، ސްކޫލުތަކުގައި ހިނގާ އެފަދަ ކަންކަން ހުއްޓުވުމާއި ކުދިން ރައްކާތެރި ކުރުމަކީ ސްކޫލުގެ ޒިންމާއެއް ކަމަށެވެ. ދަރިފުޅަށް އިންސާފު ލިބެންދެން މަސައްކަތް ކުރާނެ ކަމަށާއި އެއްވެސް އިދާރާއަކުން އިންސާފު ނުލިބިއްޖެ ނަމަ އަމިއްލައަށް ވެސް އިންސާފު ހޯދާނެ ކަމަށް ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ.
ސްކޫލެއްގައި ފިރިހެން ދަރިވަރަކަށް ބުލީ ކުރި މައްސަލައެއް ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ