މިވަގުތު މުޒާހަރާކޮށްގެން ބަންދުގައި ތިބި އެއްވެސް ބަޔަކީ ސިޔާސީ ހައްޔަރީންނޭ ނުބުނެވޭނެ: މުންދު

މިވަގުތު މުޒާހަރާކޮށްގެން ބަންދުގައި ތިބި އެއްވެސް ބަޔަކީ ސިޔާސީ ހައްޔަރީންނޭ ނުބުނެވޭނެ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވައި މުންދު ވިދާޅުވީ ބަދަލުހިފުމުގެ ގޮތުން ސިޔާސީ ވާދަވެރިން ހައްޔަރު ނުކުރާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އެއީ ވަރަށް ބޮޑު ތެދެއް ކަމަށާއި އެއީ އެއްވެސް ރައީސަކަށްވެސް ދޮގު ނުކުރެވޭނެ ވާހަކައެއް ކަމަށް މުންދު ވިދާޅުވިއެވެ. މީގެކުރިން ވެރިކަން ކުރެއްވި ރައީސުން އެ ބޭފުޅުންގެ ވާދަވެރިން ހައްޔަރު ކުރެއްވި ކަމަށާއި ނުވަތަ އެ ސަރުކާރު ތަކުގައި ހައްޔަރުވި ކަމަށް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ މި ސަރުކާރުގައި ކުރިން ވެރިކަން ކޮށްފައިވާ އެއްވެސް ރައީސަކަށް ސިޔާސީ ގޮތުން ޖެއްސުންކޮށް، އުނދަގޫކޮށްފައި ނުވާނެ ކަމަށެވެ. މުންދު ވިދާޅުވީ މިިވަގުތު ބަންދުގައި ތިބި ފަރާތްތަކަކަކީވެސް އަދި ބަންދު ކުރި ފަރާތްތަކަކީވެސް ސިޔާސީ ހައްޔަރީންނޭ ބުނެވޭނެ ޖާގަ ނެތް ކަމަށެވެ. އޭގެ ސަބަބެއްކަމަށް އޭނާ ފާހަގަކުރެއްވީީ ފުލުހުންގެ އަމުރަން ނުކުޔަމަންތެރިވުމުން ބަންދުކޮށްފައި ތިބި ފަރާތްތަކަށް ވާތީ ކަމަށެވެ.
އަޅުގަނޑު ވަރަށް ޔަގީންކަމާއިއެކު ދަންނަވާފާނަން ކުރީ ސަރުކާރުގައި ހައްޔަރުކުރި މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ބައިވަރު އަޅުގަނޑޫ ހިމެނޭގޮތަށް
މިދިޔަ ސަރުކާރުތަކުގައި ސިޔާސީ އެކި ފަރާތްތައް ހައްޔަރު ކުރީ ވަކި ގާނޫނަކަށް ތަބާނުވާތީއެއް ނޫން ކަމަށް މުންދު ވިދާޅުވިއެވެ. މުންދު ވިދާޅުވީ އެކި މުޒާހަރާތަކަށް ފުލުހުން ޖާގަވެސް ދިން ކަމަށާއި، އެހެންނަމަވެސް ވަކި މަގުތަކަކުންދާން ބުނާނަމަ އެކަމުގައި ދިމާވާ ތަދިތަކަށް ބެލުމަށްފަހު ފުލުހުން އެބަޔަކު ހުއްޓުވާނެ ކަމަށެވެ. އަދި މުންދު ވިދާޅުވީ ފުލުހުން އެތައް ފަހަަރެއްގެ މަތިން މުޒާހަރާ ނިންމާލަން ބުނުމުންވެސް ގަޑިއަށް ނުނިންމާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ