ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އަބްދުލް މަޖީދު އަލީ ހަމަޖައްސައިފި އެވެ.
ޗެއާޕާސަންގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިދިޔަ ފެބްރުއަރީ މަހު އިސްތިއުފާދެއްވުމުންނެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް މިދިޔަ ބުރާސްފަތިދުވަހު ހަމަޖެއްސި މަޖީދު މިހާތަނަށް ހުންނެވީ ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރާ މެމްބަރެއްގެ ހައިސިއްޔަތުން ޕެންޝަން އޮފީހުގެ ބޯޑު މެމްބަރެއްގެ ގޮތުގަ އެވެ.
ޕެންޝަން އޮފީހުން މިއަދު ވަނީ ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ބޯޑުގެ މެންބަރަކަށް އައްޔަނުކޮށްފަ އެވެ.
މަޖީދު ވަނީ ވޭލްސްގެ ކާޑިފް ޔުނިވާސިޓީ އިން 'މާސްޓަރު އޮފް ސައިންސް އިން އިންޓަނޭޝަނަލް އިކޮނޮމިކްސް، ބޭންކިންގް އެންޑް ފައިނޭންސް' ހާސިލް ކުރައްވާފައެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް މަޖީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ