ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި 16 ވަނަ ޓަވަރާ ޖެހިގެން އޮންނަ ބިމުގައި އަޅަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މައި އިދާރާ ހުންނަ އިމާރާތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ފޮނުވި ސުވާލަކަށް ދިން ޖަވާބުގައި އެފްޑީސީން ބުނީ އެ ބިމުގައި އަޅާ އިމާރާތަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ވެހިކަލްތައް ޕާކު ކުރުމަށް ދިމާވާ ދަތިކަމަށް ވެސް ހައްލު ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ އިމާރާތެއް ކަމަށެވެ.
އެ އިމާރާތް އެޅުމުގެ މަސައްކަތް ކުރަމުންދަނީ "ކަނޑޫފާ" ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްގެން ކަމަށް ވެސް އެފްޑީސީން ބުންޏެވެ. އެ އިމާރާތަކީ 18 ފަންގިފިލާގެ އިމާރާތެއް ކަމަށް އެފްޑީސީން ބުންޏެވެ.
އެ ބިމަކީ ކަނޑޫފާ ކުންފުންޏަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ބިމެއް ނަމަވެސް، އެ މަޝްރޫއުގެ އެންމެ ފަހުގެ ނިންމުންތައް އަދި ފައިނަލް ކުރެވިފައި ނުވާތީ މިހާރު އެކުލަވާލައިފައިވާ ޕްލޭނަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެފްޑީސީގެ ޖަވާބުގައި ބުންޏެވެ.
އަމާން ދޯދި 16 އާ ޖެހިގެން އޮތް ބިމުގައި އަޅަނީ އެފްޑީސީގެ މައި އިދާރާ ހުންނަ އިމާރާތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ