އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ހަރުގެތަކުގައި ބަހައްޓަން ނިންމި ވޯޓުފޮށިތައް ރަށު ސްކޫލުތަކުގައި ބަހައްޓަން ނިންމައިފި އެވެ.
މި އިންތިހާބުގައި ފަސް ރަށެއްގެ ވޯޓުފޮށި ހަރުގޭގައި ބަހައްޓަން ނިންމުމުން އެކަމުގެ ކަންބޮޑުވުން، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ފާޅު ކުރެއްވި އެވެ.
އެ ގޮތުން ޕާޓީގެ ވަގުތީ ޗެއާޕާސަނަށް މީކާއީލް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ ޗެއާޕާސަން ހޮވުމަށް ބޭއްވޭ މި އިންތިހާބުގައި ވާދަވެރިކަން ބޮޑުވެފައިވާތީ އިންތިހާބާއިބެހޭ ކޮމެޓީން ކޮންމެ ރަށެއްގެވެސް ރަށު ސްކޫލުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް މި ގޮތަށް ނިންމާފައިވަނިކޮށް އިންތިހާބާއިބެހޭ ކޮމެޓީގެ ބަހެއް ނެތި ފަސް ރަށެއްގެ ހަރުގޭގައި އިންތިހާބު ބޭއްވުމަށް މުގައްރަރު ނިންމާފައިވާ ކަމަށް މީކާއީލް ވިދާޅުވި އެވެ.
މީކާއީލް މިކަންބޮޑުވުން ފާޅުކުރައްވާ އެކަން ވީހާވެސް އަވަހަށް އިސްލާހުކޮށް ބަދަލުކުރުމަށް އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީން މިއަދު ބުނީ އެ ރަށްރަށުގެ ވޯޓުލުން ރަށު ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ވޯޓުލާ މަރުކަޒަށް ގެނެވުނު ބަދަލުތައް
ފ. ފީއަލި - ފ. އަތޮޅު ސްކޫލުލ. އިސްދޫ ދާއިރާ / އިސްދޫ - އިސްދޫ ސްކޫލުލ. އިސްދޫ ދާއިރާ / ކަލައިދޫ - އިސްދޫ ކަލައިދޫ ސްކޫލުގއ. ވިލިނގިލި ދާއިރާ / ވިލިނގިލި - ގއ. އަތޮޅު ތައުލީމީ މަރުކަޒުލ. ގަމު ދާއިރާ / މަތިމަރަދޫ - ހަމަދު ބިން ޚަލީފާ އަލް ޘާނީ
މީކާއީލް ވިދާޅުވީ މި އިންތިހާބުގައި ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންކަން ވީހާވެސް އިންސާފުވެރިކޮށް އަދި ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް ކުރިޔަށް ގެންދިއުމުގެ މަގުސަދުގައި ނިންމާފައިވާ މިފަދަ މުހިންމު ނިންމުންތަކާއި ހިލާފަށް އަދި މުޅި ރާއްޖޭގެ އެތައް ރަށެއްގައި އެތައް ވޯޓު ފޮއްޓެއް ކޮމެޓީގެ ނިންމުމާއި އެއްގޮތަށް މަދަރުސާތަކުގައި ބެހެއްޓުމަށް ނިންމާފައިވަނިކޮށް ބައެއް ރަށްރަށުގައި މަގުބޫލު ސަބަބެއްނެތި ކޮމެޓީގެ ނިންމުމާއި ހިލާފަށް ފޮށި ބެހެއްޓުމަށް ނިންމާފައިވުމަކީ މިކަމާއިމެދު ކަންބޮޑުވާ އަދި ހައްލެއް ބޭނުންވާ ކަމެއް ކަމަށެވެ.
"ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ ކެމްޕެއިންގައި ފ. ފީއައްޔަށް ކުރި ދަތުރުގައި އިދިކޮޅު ކެންޑިޑޭޓްގެ ސަޕޯޓަރުން ފާޅުގައި ބުނެފައިވަނީ ވޯޓްފޮއްޓަށް ގަނޑުކޮށް ވޯޓް އަޅާނެކަމަށެވެ،" މީކާއީލްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
މީކާއީލް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓްގެ ސަޕޯޓަރުން އެހެން ބުނެފައި އޮއްވާ ވޯޓުލާ މަރުކަޒު މިގޮތަށް ބަދަލުކުރުމަކީ އެ ބުނުމަށް ބާރުލިބޭ ބުނުމެއް ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވާ ހުކުރު ދުވަހު އެވެ.
ހަރުގެތަކުގައި ބަހައްޓަން ނިންމި ވޯޓުފޮށިތައް ސްކޫލުތަކަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ