އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ތާއީދު ކުރައްވާކަން ހާމަކުރައްވައިފި އެވެ.
ވީ ކިހިނެއް؟- އެމްޑީޕީގެ އެތެރޭގެ އެ އިންތިހާބުގައި މީކާއީލްގެ އިތުރުން ދެން އެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދުގެ ބަދަލުގައި މީކާއީލްއަށް ތާއީދުކުރައްވާކަން ސޯލިހު ހާމަކުރެއްވީ، އެ ދެބޭފުޅުންގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
'ދައުރު'އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސޯލިހު ވިދާޅުވީ:
ނަޝީދަށް ވުރެ ތިން މަސް ކުރިން މީކާއީލް އިންތިހާބަށް ނުކުމެވަޑައިގެން ކަމަށާއި އޭރު އޭނާއަށް ތާއީދު ކުރައްވާނެކަމަށް ވިދާޅުވެފައިވާނެ ކަމަށް
"މިހާރު ނަޝީދު އެބަ ވާދަކުރައްވާ. އެކަމަކު އަޅުގަނޑު ތާއީދު އޮތީ ހަމަ އޭރު އޮތް ގޮތަށް،" ކައިރީގައި އިންނެވި ނަޝީދަށް އިޝާރަތް ކުރެއްވުމަށް ފަހު ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނުގެ އިތުރުން އެމްޑީޕީގެ ޕީޖީ ގުރޫޕުން ވެސް ވަނީ މީކާއީލްއަށް ތާއީދުކުރައްވާކަން އިއުލާންކޮށްފަ އެވެ.
އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއީލަށް ތާއީދުކުރާކަން ހާމަކުރެއްވީ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނެވެ.
ޗެއާޕާސަން އިންތިހާބުގައި ސޯލިހުގެ ތާއީދު މީކާއީލްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ