ރާއްޖެ އާއި މިސްރާ ދެމެދު ސަލާމަތީ ގޮތުން އޮންނަ ގުޅުން ހަރުދަނާ ކުރުމަށާއި ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރު ކުރުމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު މިސްރަށް މިއަދު ފުރާވަޑައިގެންފި އެވެ.
ފުލުހުން ބުނީ މިސްރުގައި ހުންނަ ރާއްޖޭގެ އެމްބަސީން އިންތިޒާމު ކޮށްގެން މިއަދުން ފެށިގެން މި މަހުގެ 21 ގެ ނިޔަލަށް ކުރައްވާ އެ ދަތުރުގައި ދެ ގައުމުގެ މެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަަމަށެވެ.
އެ ދަތުރުގައި ސީޕީ އަހުމަދު މުހައްމަދު މިސްރުގެ ނޭޝަނަލް ސެކިއުރިޓީ ސެކްޓަރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ. ރިހެބިލިޓޭޝަން އެންޑް ކަރެކްޝަނަލް ފެސިލިޓީތަކާއި ދިވެހި ފުލުހުންގެ ހިދުމަތަށް ބޭނުންތެރި ދާއިރާތަކުން ތަމްރީނުދޭ މަރުކަޒުތަކަށް ވެސް ސީޕީ ޒިޔާރާތް ކުރައްވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މިސްރުގެ އިންޓީރިއާ މިނިސްޓަރާއި ފުލުހުންގެ ހިދުމަތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ސަލާމަތީ ކަންކަމާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރު ކުރާނެ އެވެ.
ނުރައްކާތެރި ކުށް ހުއްޓުވުމަށް މިސްރާ އެކު މަސައްކަތް ކުރުމަށް ސީޕީ މިސްރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ