ސަރުކާރުގެ ވިސްނުމަކީ ހުރިހާ ބާރުތަކެއް މުށުތެރެއަށް ގެނެސް ރައްޔިރުން ބިކަކޮށް ނިކަމެތިކުރުން ކަމުގައި އެމްޑީޕީގެ ރައީސް އަބްދުއް الله ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫގައި އިދިކޮޅު އެމްޑީޕީއިން ބޭއްވި “ އަފިރިންގެ އައްޑޫ މެނިފެސްޓޯ “ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އައްޑޫގެ ރައްޔިތުންގެ ތަސައްވުރާއި ވިސްނުމާއި ދެކޮޅަށް ކަމަށެވެ. އެގޮތުން އައްޑޫގެ ރައްޔިތުންގެ މެނިފެސްޓޯގައިވަނީ ރައްޔިތުން ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ކަމަށް ވީނަމަވެސް އަދުގެ ސަރުކާރުގެ ވިސްނުމަކީ ހުރިހާ ބާރުތަކެއް މުށުތެރެއަށް ގެނެސް ރައްޔިތުން ބިކަކޮށް ރައްތިތުން ނިކަމެތިކުރުންކަމަށް ޝާހިދު ވިދާޅުވިއެވެ.
ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލާފައިވާކަމަށާއި، މިއީ މި ސަރުކާރުން ގަބޫލު ކުރާ ނިޒާމެއް ނޫންކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން 4 އޭޕްރިލްގައި ރައްޔިތުން ނިކުމެ މިކަން ހުހްޓުވަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމުތަކަށް އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުން އެދޭގޮތަށް ހިންގުމަށް ބާރުދެވުނުކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމާއި ކައުންސިލްތަކުން ފައިސާ ލިބޭނެގޮތް ހަމަޖައްސައި ދެވުނުކަމަށެވެ. އެމްޑީޕީއިން މިހުރިހާ ކަމެއް މިހެން ކުރީ ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކޮށް ދިނުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ.
ނަމަވެސް މިހާރުގެ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް ބަދަލުތަކެއް ގެނެސް އެމްޑީޕީގެ ވެރިކަމުގައި ކައުންސިލްތަކަށްދިން ހުރިހާ ބާރެއް މިސަރުކާރުގެ މުށުތެރެއަށް ލާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
ދިވެހިރާއްޖެ އިސްލާމްވީއްސުރެ އަށްސަތޭކަ އެތަކެއް އަހަރެއްވަންދެން އައްޑޫގެ ރައްޔިތުން ފިތުރު ޒަކާތް ދައްކަމުންއައީ އައްޑޫ ސިޓީގައި ނަމަވެސް މިފަހަރުގެ ފިތުރު ޒަކާތް ދެއްކުމަށް އައްޑޫގެ ރައްޔިތުން އަންނަންޖެހުނީ މާލެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ނަފްސާނީ ގޮތުން އަތޮޅުތަކުގެ ރައްޔިތުން ބަލިކަށިކުރުވުމަށް ކުރިކަމެއްގެ ގޮތުގައި އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. އަދި މިސަރުކާރުންވަނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ހަތަރެސްފައިގައި ބިޑިއަޅުވާ އަނގަ ބަންދުކުރުވާފައިކަމަށް ޝާހިދު ވިދާލުވިއެވެ. މިއީ ހުދުމުހުތާރު ވެރިކަމެއްގެ ފެށުންކަމަށާއި އަދި މިހާރު ރެފަރެންޑަމް ވޯޓުގެ ނަމުގައި ހިންގަން މިއުޅެނީ މީގެ ދެވަނަ ބާބުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރަތްކުރައްވާ ޝާހިދު ވިދާޅުވީ “ ދުންޏަށް ގިނަ ވޯޓު ލިބިއްޖެނަމަ ހުރިހާ ބާރެއް ސަރުކާރުގެ މުށުތެރެއަށް ގެންނާނެކަމަށެވެ.
އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބު ޕީއެންސީއަށް ކާމިޔާބުވުމަށް އެފުރުސަތުދީގެން ނުވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
ސަރުކާރުގެ ވިސްނުމަކީ ހުރިހާ ބާރުތައް މުށުތެރެއަށް ގެނެސް ރައްޔިތުން ނިކަމެތިކުރުން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ