މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ބުނެފައިވަނީ، ސަމްޕަ ސަރަޙައްދުގެ ރައްކާތެރިކަން ފެށެނީ ޒިންމާދާރުކަމާއެކު އުޅަނދުފަހަރު ދުއްވުމުން ކަމަށާއި، ކަނޑައެޅިފައިވާ ދުވެލީގެ މިންގަނޑުތަކަށް ބޯލަނބައި، އެ އުސޫލުތަކަށް އިހުތިރާމްކުރުމަކީ އެ ސަރަހައްދުގައި އުޅޭ ފެހުރިހި ފަދަ ތަކެއްޗަށް އުޅަނދުފަހަރުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.
މީގެ އިތުރުން، މި އުސޫލުތަކަށް އަމަލުކުރުމަކީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވެސް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މި ޕްލޭންގެ ސަބަބުން ސަމްޕަ ސަރަހައްދުގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ތިމާވެށި ހިމާޔަތްކުރުމުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.
ސަމްޕާ ސަރަހައްދުގައި އުޅަނދު ދުއްވޭނެ ދުވެލި ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ